ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2023/54
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 30 މޭ 2023 14:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024-2023 ވަނަ އަހަރަށް ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

އިޢުލާން

ނަމްބަރު:  (IUL)257/257/2023/54

 2024-2023 ވަނަ އަހަރަށް ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

 

 

2023 – 2024 ވަނަ އަހަރު ބޭބީ ނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބޭބީނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވެއްދުމުގެ އުޞޫލު ތިރީގައި މިވަނީއެވެ.

ގްރޭޑް

2023 – 2024 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރު ފުރާ

ބޭބީ ނާސަރީ

01 އޮގަސްޓް 2023 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ދަރިވަރުން

ނާސަރީ

01 އޮގަސްޓް 2023 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ދަރިވަރުން

 

ވީމާ ބޭބީ ނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވައްދަން އެދޭ ފޯރމް ކައުންސިލް އިދާރާއިން ނެންގެވުމަށްފަހު 30 މޭ 2023 ވާ އަންގާރަ ދުވަހުގެ 14.00 ގެކުރިން ފޯރމް ހުށަހެޅުއްވުން އެދެމެވެ.

ފޯރމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10.30 ން 13.00 އާއި ދެމެދެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

15 މޭ 2023