މަސައްކަތް
ނަންބަރު: (IUL)321-A/321/2023/123
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 18 މޭ 2023 10:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫ އިހްތިޞާސްގެ ތެރޭގައިވާ ނެރު ބައްތި ދަނޑިތައް އަލުން ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުން

  (IUL)321-A/321/2023/123 :ނަންބަރ

އިޢުލާން

ބ. ތުޅާދޫ އިހްތިޞާސްގެ ތެރޭގައިވާ ނެރު ބައްތި ދަނޑިތައް އަލުން ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުން

ބ. ތުޅާދޫ، އިޙުތިސާސްގެ ތެރޭގައިވާ ނެރު ބައްތި ދަނޑިތައް އަލުން ހަދައި، ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތުގެ ތަފްސީލް މި އިދާރާއިން ދޫކުރާ އަގުބަލާ ފޯމާއި އެއްހީރަސްކުރެވިފައި ވާނެއެވެ.

އަގުބަލާ ފޯމްތައް ބަލައިގަތުމަށާއި ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި:

2023 މެއި 18 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި

އިތުރު މަޢުލޫމާތު:

  • އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ބ. ތުޅާދޫ އިހްތިޞާސްގެ ތެރޭގައިވާ ނެރު ބައްތި ދަނޑިތައް އަލުން ހަދައި ހަރުކޮށްދިނުމަށްއެދި" މިފަދައިން ޖަހާފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި އަގުބަލާ ފޯމު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2023 މެއި 18 ވާ ބުރާސްފަތި ދުވަހުގެ 10:00ށް އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

25 ޝައްވާލު 1444

15 މޭ 2023