ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)38-AB/38/2023/216
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 24 މޭ 2023 13:30
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
މެކް ބުކް އެއަރ އަދި ސަރފޭސް ޕްރޯ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

(IUL)38-AB/38/2023/216 :ނަންބަރު

އިޢުލާނު

މެކް ބުކް އެއަރ އަދި ސަރފޭސް ޕްރޯ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، މެކް ބުކް އެއަރ އަދި ސަރފޭސް ޕްރޯ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުޅުވުން އޮންނާނީ 24 މޭ 2023 ވާ ބުދަ ދުވަހުގެ 13:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 23 މޭ 2023 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

15 މޭ 2023