ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-G/1/2015/6
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި: 27 ޖަނަވަރީ 2015 15:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީން 18 ޑިސެންބަރު 2014 ގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރަކު ހޯދުމަށް ކުރި އިޢުލާން (IUL) 30-G/1/2014/134) އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، މި މަޤާމަށް މީހަކު ހޯދަން އަލުން އިޢުލާނުކުރަމެވެ.

1 (އެކެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ

މަޤާމް:

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)

ސެކްޝަން:

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ، ހ. ވައިޓް ވޭވްސް)

މަސައްކަތް ކުރަންޖެހޭ ތަން:

 1 އަހަރުދުވަސް

ވަޒީފާގެ މުއްދަތު:

މަހަކު -/15،000 ރުފިޔާ (ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި)

މުސާރަ:

1-  ދަނޑުވެރިކަމުގެ ދާއިރާއިން  ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ ސޯޝޮލަޖީގެ ދާއިރާއިން އެންމެ ދަށްވެގެން ޑިގްރީއެއް ހާސިލުކޮށްފައިވުން.

2-  ފީލްޑްގައި ގިނަވަގުތު މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.

3-  މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

4- އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލްކަންހުރި ފަރާތެއްކަމުގައިވުން.

ޝަރުޠު:

މި މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ހޯދުމަށް ގުޅާނީ:

3341836 ނަންބަރު ފޯނަށް. އީމެއިލްކުރާނީ: [email protected]

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހައި ސޮއިކޮށްފައިވާ)

4- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

މަތީގައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖަނަވަރީ 27 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ސިޓީ ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސްކުރާނީ:

ޕްރޮގްރާމް މެނޭޖަރ

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް

ހ.ވައިޓް ވޭވްސް،  މޫންލައިޓް ހިނގުން.

މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.

1 ރަބީޢުލްއާޚިރު 1436

22 ޖަނަވަރީ 2015