މަސައްކަތް
ނަންބަރު: ASND/GA/IUL/2023/20
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 22 މޭ 2023 10:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތު ދެނެގަތުމަށް، މި ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތެއްގެ ޢަމަލީ މަސައްކަތް ކުރުމަށް މީހުން ހޯދުމަށް

ނަންބަރ: ASND/GA/IUL/2023/20


 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތު ދެނެގަތުމަށް، މި ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތެއްގެ ޢަމަލީ މަސައްކަތް ކުރުމަށް މީހުން ބޭނުންވެއެވެ. އެހެންކަމުން، މިފަދަ ކަންކަމުގައި އުޅުއްވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް މި މަސައްތަކުގައި އުޖޫރައަށް ބައިވެރިވުމަށް ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 17 މެއި 2023 ވާ ބުދަ ދުވަހުގެ 15:30 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭމަޢުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. 

22 މެއި 2023 ވާ  ހޯމަ ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

14 މެއި 2023

ޖެނެރަލް އެޑްމިނިސްޓްރޭޝަން ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011483      

14 މޭ 2023