ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
ހޯރަފުށީގައި އިމާރާތްކުރާ އިންޓަރނޭޝަނަލް ސްކޫލަށް ބޭނުންވާ ބައެއް އައި.ޓީ ސާމާނު ހޯރަފުށީ ކައުންސިލް އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވައިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން
މި ބީލަމުގައި ރަޖިސްޓްރީވުމަށް 2023 މެއި 14 ވަނަ ދުވަހުން ފެށިގެން 2023 މެއި 18 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ތިރީގައިވާ މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީ ކުރުމަށް މެއިލް ކުރަންޖެހޭ މަޢުލޫމަތު
މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
ވިޔަފާރި ރަޖިސްޓްރީ ނަންބަރު:
އީމެއިލް އެޑްރެސް:
ގުޅޭނެ މޮބައިލް ނަންބަރު:
ބީލަމުގެ ނަން އަދި އިޢްލާން ނަންބަރު:
އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން
އަންދާސީހިސާބު ހުށަހަޅުއްވާނީ 2023 މެއި 23 ވާ އަންގާރަ ދުވަހުގެ 11:00 ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލަށް ދުރުވެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބިޑްބަލައި ގަނެވޭނީ އެކަން ބަޔާންކޮށް ހާޟިރުވާ ފަރާތުގެ އައި،ޑީ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވައިފައި ވާނަމައެވެ. ހުށަހަޅައި ބީލަންތައް ހުޅުވާނީ މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތު ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ.
ބީލަން ފޮތުގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
ކޯޕަރޭޓް އެފެއާޒް ޔުނިޓް
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ހއ.ހޯރަފުށި، ދިވެހިރާއްޖެ
ބީލަމުގެ ނަން: ހޯރަފުށީގައި އިމާރާތްކުރާ އިންޓަރނޭޝަނަލް ސްކޫލަށް ބޭނުންވާ އައި.ޓީ ސާމާނު ގަނެ ސަޕްލައިކޮށްދިނުމުގެ މަސައްކަތް.
އިޢުލާނު ނަންބަރު: (IUL)247-CA/247/2023/73:
ބީލަން ހުށަހަޅާ ތާރީޚް އަދި ސުންގަޑި
ހުށަހަޅާފަރާތުގެ ނަން، ސްޓޭމްޕް އަދި ގުޅޭނެ ފޯނު ނަންބަރު