ބީލަން
ނަންބަރު: (IUL)227-ID/227/2023/29
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި:
30 މޭ 2023 11:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ.އަތޮޅު ކައުންސިލްގެ އިދާރާއަށް ޑިންގީއެއް ތައްޔާރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މަސައްކަތް
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޑިންގީއެއް ތައްޔާރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، https://www.shaviyani.gov.mv/bid މެދުވެރިކޮށް އޮންލައިންކޮށް ރަޖިސްޓަރ ވެލެއްވޭނެއެވެ. މިބީލަމުގައި 2023 މާރޗް 18 ވާ ބުރާސްފަތި ދުވަހުގެ ކުރިން ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv)އިން 2023 މެއި 17ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2023 މެއި 23ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2023 މެއި 23 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީކުރައްވާފައިވާ ހުރިހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މެއިލްކުރެވޭނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2023 މެއި 30ވާ އަންގާރަ ދުވަހުގެ 11:00ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540400، 6540463
އީމެއިލް: [email protected]
ކޮޕީ: [email protected]
14 މޭ 2023