ބީލަން
ނަންބަރު: (IUL)425-A2/1/2023/133
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2023
ޕަބްލިޝްކުރި ގަޑި: 19:39
ސުންގަޑި: 16 މޭ 2023 12:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ފަރާތުން 1444 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ޙާއްސަކޮށްގެން ބޭއްވުނު ކީރިތި ޤުރުއާން އަދި މަދަހަ މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތަށް ބޭނުންވާ ސައުންޑް އަދި ލައިޓިންގ އާއި ރަސްމިއްޔާތުގެ ފަރިއްކޮޅު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

    މާލެ ސިޓީ ކައުންސިލްގެ ފަރާތުން 1444 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ޙާއްސަކޮށްގެން ބޭއްވުނު ކީރިތި ޤުރުއާން އަދި މަދަހަ މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތަށް ބޭނުންވާ ސައުންޑް އަދި ލައިޓިންގ ސެޓަޕް އާއި ރަސްމިއްޔާތުގެ ފަރިއްކޮޅު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)425-A2/1/2023/129 އިޢުލާން ގެޒެޓް ކުރެވިފައިވާ ގޮތުން އޮޅުން އަރާފައިވާތީ ގިނަ ފަރާތްތަކެއްގެ ޝަކުވާ ލިބިފައިވުމާއި ބައެއް މަޢުލޫމާތު އިތުރަށް ދިނުމަށް ބޭނުންވާތީ މި މަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ސެޝަންއަކަށް ފުރުސަތު ހުޅުވާލަމެވެ.

    ވީމާ، މި މަސައްކަތް މި ކައުންސިލަށް ކޮށްދެއްވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މަޢުލޫމާތު  ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

14 މެއި 2023

13:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

16 މެއި 2023

12:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

      މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. 
  • އިތުރު މަޢުލޫމާތު: 

- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]

13 މޭ 2023