ބީލަން
ނަންބަރު: ( IUL ) 396-A/2023/31
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2023
ޕަބްލިޝްކުރި ގަޑި: 23:26
ސުންގަޑި: 18 މޭ 2023 13:00
ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ދަނބިދޫގައި ކުޑަކުދިންގެ ޕާކެއް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިއިދާރާގެ ނަންބަރު: ( IUL ) 396-A/2023/25 (26 އޭޕްރިލް 2023) އިޢުލާނުގެ ބިޑާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށައަޅުއްވާފައި ނުވާތީ އެ އިއުލާނު ބާޠިލްކޮށް އަލުން ލ.ދަނބިދޫގައި ކުޑަކުދިންގެ ޕާކެއް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

              މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް، ދަނބިދޫގައި ކުޑަކުދިންގެ ޕާކެއް ޤާއިމުކުރުމުގެ  މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ޕާކުގައި ބަހައްޓަންޖެހޭ ތަކެތި ކައުންސިލުން ފޯރުކޮށްދިނުމުން އެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 މެއި 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް މިކައުންސިލްގެ އީމެއިލް ([email protected]) އަށް ފޮނުއްވުން އެދެމެވެ. ނުވަތަ މިކައުންސިލަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ.

 

ރަޖިސްޓްރީ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް):

-          ކުންފުނި/ވިޔަފާރީގެ ނަން:

-     ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރޭޝަން ނަންބަރު:

-          ގުޅޭނެ ފޯނު ނަންބަރު:

-          އީމެއިލް އެޑްރެސް:

-          ކުންފުނީގެ ވެރިފަރާތުގެ ނަން:

 

 

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރުން:

15 މެއި 2023 | 13:00

މަޢުލޫމާތު ސާފުކުރުން:

15 މެއި 2023 | 13:00 ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ، މީޓިންގ ރޫމްގައި

އަންދާސީ ހިސާބު ހުށަހެޅުން:

18 މެއި 2023 | 13:00 ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ، މީޓިންގ ރޫމްގައި

       

        ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކާއި، ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، އަދި ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

         އަދި ދަންނަވަމެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއަކާއި ބަދަލުގައި އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ކޮޕީއަކާއެކު ފޮނުވުން އެދެމެވެ. ބިޑާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން 6800864 ނަންބަރު އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

         ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 މޭ 2023