ދިވެހިރާއްޖެ
އިޢުލާން
| ވަޒީފާގެ ފުރުޞަތު | ||||||
| މަޤާމު | މަސައްކަތު | ބޭނުންވާ އަދަދު | 1 | |||
| މަޤާމުގެ ކްލެސިފިކޭޝަން | ސަޕޯޓް ސްޓާފް 1 | ރޭންކް | އެސް އެސް 1 | |||
| މަޤާމުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް | - ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %20 ހަމަޖެހިފައިވާ އުސޫލުން ލިބޭނެ. އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. | |||||
| މުސާރަ | 3100.00 ރުފިޔާ | ސަރވިސް އެލަވަންސް | މަހަކު 1000.00 ރުފިޔާ | |||
| ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް | ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓް | |||||
| މަޤާމުގެ ޝަރުޠުތައް | ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. | |||||
| މަޤާމުގެ މައިގަނޑު މަސައްކަތް / އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތު | - ކޯޓުގެ ދިދަ ނަގަންޖެހިއްޖެ ހިނދެއްގައި، ހަމަޖެހިފައިވާ ގަވާއިދުން ދިދަ ނަގައި ތިރިކުރުން. - ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 7:50 ގެ ކުރިން ކޯޓަށް ހާޒިރުވެ، ކޯޓުގެ އެތެރެ ކުނިކަހައި ސާފުކުރުމާއި، މޭޒުތައް މަތީގައި ހުންނަ ހިރަފުސްތައް ސާފުކޮށް، އިމާރާތުގެ އެތެރެއަށް އެއަރފްރެޝްނަރ ޖެހުން. - ކޯޓްގެ ހުރިހާ ކުޑަދޮރުތަކާއި ބޮޑުދޮރުތައް، ދެދުވަހުން އެއްދުވަހު ހިރަފުސް ފޮޅައި ސާފުކޮށް، ހަފުތާއަކު 3 ދުވަހު ކޯޓުގެ ތަޅުމުގައި މޮޕްއަޅައި ސާފުކުރުމާއި، ފަރުނީޗަރުތައް ސާފުކުރުމާއި، ކަރަންޓް މީޓަރުތަކާއި ކަރަންޓް ބޯޑުތަކުގައި ހުންނަ ހިރަފުހާއި ކަބަޑުތަކުގެ އެތެރެއާއި ބޭރުސާފުކޮށް، ބިއްލޫރިލައްވާފައިވާ ކަބަޑުތަކުގެ ބިއްލޫރިތައް ސާފުކުރުމާއި، ކޯޓުގެ ތައްގަނޑު (ސްޓޭމްޕް) ސާފުކުރުން. - ފާޚާނާތައް ދުވާލަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުމާއި، ކޯޓުގެ ސަރަޙައްދު ކުނިކަހައި ސާފުކޮށް، އެ ސަރަޙައްދުގައި ގަސްއިންދައި، އެ ގަސްތަކަށް ފެންދީ، ގަސްތައް ބެލެހެއްޓުން. - ކޯޓުން އެކިއެކި ފަރާތްތަކަށް ރައްދުކުރުމަށް ހަވާލުކުރާ ސިޓީތަކާއި ޗިޓުތައް ގަވާއިދުން ހަވާލުކުރުން. - މޭޒުތައް ކައިރީގައި ބަހައްޓާފައި ހުންނަ ޑަސްޓްބިންގގައި ހުންނަ ކުނިތައް ދެދުވަހުން އެއްދުވަހު ނައްތައިލުން. - ކޯޓް ހިމެނޭ ބައިގައި ޖަހާފައި ހުންނަ ބޮކި ނުވަތަ ހޮޅިބުރި ފަދަ ތަކެތި އަނދައިފިނަމަ އެފަދަ ތަކެތި ބަދަލުކުރުމާއި، ދިއްލުންތައް ދިއްލުމާއި، އެ ދިއްލުންތައް ނިއްވައި ބެލެހެއްޓުމާއި، ކޯޓުގައި ހުންނަ ފަންކާތައް ސާފުކޮށް ބެލެހެއްޓުން. - ބުރުނީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން ބެލެހެއްޓުމާއި، އެ ބިމުގައި ހުންނަ ކުނިތައް ސާފުކޮށް ނައްތައިލުން. - މީގެ އިތުރުން، ޤާނޫނާއި ގަވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ހަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ގަވާއިދުން ކުރުން. | |||||
| ހުށަހަޅަންޖެހޭ ލިޔުންތައް | - ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މެޖިސްޓްރޭޓްކޯޓުތަކުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް www.justice.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) - އައިޑީކާޑު ކޮޕީ. - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. | |||||
| ސުންގަޑި | 2015 ފެބުރުވަރީ 2 ވަނަ ދުވަހުގެ 14:00 އަށް. | |||||
| ނޯޓް | މި މަޤާމަށް ކުރިމަތިލެވޭނީ، މީލާދީގޮތުން އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށެވެ. | |||||
27 ރަބީޢުލްއައްޥަލް 1436