ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)434-PRC/434/2023/121
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2023
ޕަބްލިޝްކުރި ގަޑި: 20:53
ސުންގަޑި: 21 މޭ 2023 11:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީގެ ލެބޯޓްރީއަށް 6 (ހައެއް) މަސް ދުވަހަށް ބޭނުންވާ 20،000 (ވިހި ހާސް) މަލްޓި ޑްރަގް ވަން ސްޓެޕް ޓެސްޓިންގ ކިޓްސް އަދި 20،000 (ވިހިހާސް) އިންޑިވިޖުއަލީ ޕެކްޑް ނަން ސްޓެރައިލް ސްޕެސިމެން ކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީގެ ލެބޯޓްރީއަށް 6 (ހައެއް) މަސް ދުވަހަށް ބޭނުންވާ 20،000 (ވިހި ހާސް)  މަލްޓި ޑްރަގް ވަން ސްޓެޕް ޓެސްޓިންގ ކިޓްސް އަދި  20،000 (ވިހިހާސް) އިންޑިވިޖުއަލީ ޕެކްޑް ނަން ސްޓެރައިލް ސްޕެސިމެން ކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަލްޓި ޑްރަގް ވަން ސްޓެޕް  ޓެސްޓިންގ ކިޓްސް އަދި އިންޑިވިޖުއަލީ ޕެކްޑް ނަން ސްޓެރައިލް ސްޕެސިމެން ކަޕް  ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 11 މެއި 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް، އިވެލުއޭޝަން ކްރައިޓީރިއާ އަދި އަގު ހުށަހަޅާ ލިސްޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުއްވުން

21 މެއި 2023 (އާދީއްތަ)

11:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

11 މޭ 2023