ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-SECE/266/2023/127
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2023
ޕަބްލިޝްކުރި ގަޑި: 16:38
ސުންގަޑި: 15 މޭ 2023 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ޗެންޕިއަންޝިޕް 2023

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން، ކުޅުދުއްފުށީ ސިޓީގައި ފުޓްބޯޅަ ކުރިއެރުވުމަށާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން މިސިޓީއަށް ހުޅުވާލެވިގެން ކުރިޔަށްގެންދެވޭ ފުޓްބޯޅަ މުބާރާތް " ކުޅުދުއްފުށި ޗެންޕިއަންޝިޕް 2023" ކުޅުދުއްފުށި ސިޓީގައި 03 ން 20 ޖޫން  2023 ގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

ވީމާ، މިމުބާރާތް ސްޕޮންސަރކުރުމަށް އެދޭ ފަރާތްތަކުން، ސްޕޮންސަރކުރުމަށް އެދޭ ފޯމް 15 މެއި 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ލިންކުhttps://tinyurl.com/kulhudhuffushichampionship  މެދުވެރިކޮށް ހުށައެޅުއްވުމަށް ދަންނަވަމެވެ.

މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527131 ނުވަތަ 6527185 އަށެވެ.

11 މޭ 2023