ދިވެހިރާއްޖެ
އިޢުލާން
ހުސްބިންތަކުގައި ގާޑިޔާ" ނުވަތަ "ގޮނޑިއާއި މޭޒު" ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއި ގުޅޭ އުޞޫލާއި އެއްގޮތަށް އެފަދަ ބިންތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު
11 މެއި 2023 ވަނަ ދުވަހު މި ކައުންސިލް އިން ޢާންމުކޮށްފައިވާ ހުސްބިންތަކުގައި ގާޑިޔާ" ނުވަތަ "ގޮނޑިއާއި މޭޒު" ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއި ގުޅޭ އުޞޫލް އާއި އެއްގޮތްވާގޮތުގެ މަތީން ހުސްބިން ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ގިނަވެގެން 1އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިންތަކަށް އެދި ހުށައެޅުމަށް އެދޭ ފޯމް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 32 މެއި 2023 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާސް އިޢުލާނާއިއެކު ހީރަސްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.