ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެޑްމިނިސްޓްރޭޓިވް ޢޮފިސަރ
ޑިޕާޓްމަންޓް: ކޯޕަރޭޓް އެފެއާޒް، އެޑްމިނިސްޓްރޭޝަން އެންޑް އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
ސެކްޝަން: އެޑްމިނިސްޓްރޭޝަން
ބޭނުންވާ އަދަދު: 1
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
- ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މިޑްލް މެނޭޖްމަންޓުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ކޯޕަރޭޝަނުގެ އެޑްމިނިސްޓްރޭޓިވް ސަޕޯޓް ސަރވިސަސްގެ މަސައްކަތްތައް ރާވައި ކޯޑިނޭޓްކުރުން.
- އެޑްމިނިސްޓްރޭޝަން ޝެކްޝަނުގެ ލަނޑުދަނޑިތައް އެކުލަވައިލައި، އެ ލަނޑުދަނޑިތައް ތަންފީޒުކުރުމާއި، އެކަންތައްތައް ހާސިލުކުރުމަށް ވަގުތު ކަނޑައަޅައި، އެޑްމިނިސްޓްރޭޝަން ޝެކްޝަނުގެ މަސައްކަތްތައް މޮނިޓަރކުރުން.
- ރިޝެޕްޝަނުގެ މަސައްކަތްތައް ބެލެހެއްޓުން.
- ކޯޕަރޭޝަނުގެ އިންޓަރނަލް އެޑްމިނިސްޓްރޭޓިވް ޕްރޮސެސްތައް އެނަލައިޒްކޮށް، އޮފީހުގެ ހިންގުން ހަރުދަނާކުރުމަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، އެކަންތައްތައް ރަނގަޅުކުރުމަށް ލަފާދިނުން.
- ކޯޕަރޭޝަނުގެ ބަޖެޓް ތައްޔާރުކުރުމަށް އެޑްމިނިސްޓްރޭޝަން ޝެކްޝަނުން ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން.
- އޮފީހުގެ އިމާރާތާއި އެހެނިހެން އިކުއިޕްމަންޓްތައް ރަނގަޅަށް މެއިންޓެއިންކޮށް ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- އޮފީހުން ބޭނުންވެއްޖެ ހިނދެއްގައި އެކްޒެކެޓިވް ބިއުރޯގެ އިދާރީ މަސައްކަތްތައް އޯގަނައިޒްކޮށް ކޯޑިނޭޓްކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- އޮފީސް އެޑްމިނިސްޓްރޭޝަންގެ ހުނަރު.
- މެނެޖީރިއަލް ސްކިލްސް ހުރި ފަރާތަކަށްވުން.
- ރަނގަޅު އިންޓަރޕަރސަނަލް ސްކިލްސް ހުރި ފަރާތަކަށްވުން.
- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
މުސާރަ: 6200.00 ރުފިޔާއާއި 7800.00 ރުފިޔާއާ ދެމެދު (އެލަވަންސްތަކާއެކު މަދުވެގެން މަހަކު 10930.00 ރުފިޔާއާއި 12530.00 ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބޭނެއެވެ.)
އިތުރު މަޢުލޫމާތު:
މި ވަޒީފާތަކަށް މުވައްޒަފުން ޢައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން، މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ، ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ވަޒީފާ ދާއިމީކުރެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތަކާއި، ސުންގަޑިއާއި، ހުށަހަޅަންޖެހޭ ތަން:
މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ވަނަވަރާއި، އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީއާއި، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، 2015 ޖަނަވަރީ 27 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ފޮނުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، މި ކޯޕަރޭޝަނުގެ މައި އޮފީހުންނާއި މާލެއޮފިހުން ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަނުގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓަރމިނަލް 3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ
މާލެ، ދިވެހިރާއްޖެ ނުވަތަ ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު:3336755 ފޯނު: 3353535
ފެކްސް : 3335892 ފެކްސް : 3358892
1 ރަބީޢުލްއާޚިރު 1436