ދިވެހިރާއްޖެ
ނަމްބަރ:( IUL)252/252/2023/35
އިޢުލާން
ހއ.ފިއްލަދޫގެ ބަނދަރު ސަރަހައްދުން އޮޑިދޯނި ފަހަރު އެހެލާ ބޭލުމާއި މަރާމާތު ކުރުމާއި ގުދަން ކުރުމުގެ މަސައްކަތަށް ބިން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.
- ބިމާއި ގުޅޭ މަޢުލޫމާތު:
- ބިން އޮތް ތަން: ހއ.ފިއްލަދޫ ބަނދަރު ސަރަހައްދުގެ ދެކުނުން ( ކުރެހުމުގެ ފާހަގަކޮށްފައިވާ)
- ބިމުގެ ބޮޑުމިން: 10000 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު: 10 ބިން
- ބިމުގެ ބާވަތް: ވަގުތީ
- ބިމުގައި ކުރެވޭނެ މަސައްކަތް: ހަމައެކަނި އޮޑިދޯނި ފަހަރު އެހެލާ ބޭލުމާއި މަރާމާތު ކުރުމުގެ މަސައްކަތް
- ބިން ދޫކުރާ މުއްދަތު: 5 އަހަރު
- ޕޮއިންޓް ދިނުމުގައި އަމަލު ކުރާނެ ގޮތް:
- ބިމުގެ ކުލި: %70 – (އެންމެ ކުޑަ އަގަކަށް ހުށައެޅޭނީ އަކަފޫޓަކަށް 0.60 ލާރިއެވެ.)
- މުއްދަތު: %20 – ( އެންމެ ގިނަ ޕޮއިންޓް ލިބޭނީ ދިގު މުއްދަތެއް ހުށައަޅާ ފަރާތަކަށެވެ.)
- މާލީ ޤާބިލްކަން: ( މާލީ ޤާބިލްކަމަށް ބެލެވޭނީ ވޭތުވެތިޔަ 3 މަސް ދުވަހު 50000.00 ރުފިޔާ ބޭންކް އެކައުންޓްގައި ހުރުމުންނެވެ.)
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 18 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 13:15 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.
މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.
21 ޝައްވާލް 1444
11 މޭ 2023