ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު PC-171/2023/W136
އިޢުލާން
މާލޭގެ ބައެއް މަގުތަކުގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް ކޮށްދިނުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި ރޯޒްވެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމަށް ވޭރިއޭޝަން އެއްގެ ގޮތުގައި އިސްކަންދަރު ކޮށި އަރިމަތި (ސައިކަލު ޕާރކިންގ އޭރިޔާ) ބައުންޑްރީ ވޯލުން ފެށިގެން މިހާރު ހުރި ޑަކްޓަށް ކޭބަލް އެޅުމަށް 02 ކޮންކްރީޓް ކޭބަލް ޖަންކްޝަނާއެކު ހޮޅިވަޅުލުމާއި، މިހާރު ހުރި ގާތަށް ނެގުމަށްފަހު ކޮނުން އަދި ކޮނުމުގެ މަސައްކަތް ނިންމުމަށްފަހު މިހާރު ހުރިގާތައް އަތުރާ ނިންމުމަށް މި ޚިދުމަތުގެ ފަރާތުން އެދިފައިވާތީވެ، މި މަސައްކަތް ކުރުމަށް ރޯޒްވެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އިން ހުށަހަޅާފައިވާ ކޯޓޭޝަންގައިވާ އަގު އެއްބަސްވުމަށް އިތުރު ކުރުމަށާއި އެ މަސައްކަތް ނިންމުމަށް ހުށަހަޅާފައިވާ 20 ދުވަސް އެއްބަސްވުމަށް އިތުރު ކުރުމަށް މި މުއައްސަސާގެ ބިޑް ކޮމެޓީ ނަންބަރު BC-171/2023/165 ޖަލްސާއިން ނިންމާފައިވާ ކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.