ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2023/72
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:11
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ އިން ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯތި، ބިން ދޫކުރުމާ ގުޅޭގޮތުން ކޮށްފައިވާ ނަންބަރު: (IUL)415/415/2023/60 އިޢުލާނާ ގުޅޭ

އިޢުލާން

ތިނަދޫ އިން ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯތި، ބިން ދޫކުރުމާ ގުޅޭގޮތުން ކޮށްފައިވާ ނަންބަރު: (IUL)415/415/2023/60  އިޢުލާނާ ގުޅޭ

 

               ގދ. ތިނަދޫ އިން ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯތި ބިން ދޫކުރުމާގުޅޭ ގޮތުން މި ކައުންސިލުން ކޮށްފައިވާ ނަންބަރު: (IUL)415/415/2023/60  އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "ކޮންޑިޝަނަލް ގޯތި ބިމާބެހޭ އުސޫލު" އަށް ބައެއް އިސްލާޙްތައް ގެނެވިފައިވެއެވެ. އަދި "ދިރިއުޅުމަށްޓަކައި ދޫކުރާ ކޮންޑިޝަނަލް ގޯތި ބިމަށް އެދޭ ފޯމު" ކެޓަގަރީ A، ކެޓަގަރީ B، ކެޓަގަރީ C ފޯމުގެ  12، 13 އަދި 14 ވަނަ ސަފްޙާގައި ބަޔާންކުރާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކަށް ވެސް ބައެއް އިސްލާޙްތައް ގެނެސްފައިވެއެވެ.

                 އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް އަދި ފޯން މެދުވެރިކޮށް މި އިދާރާއާ ގުޅުއްވުން އެދެމެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ

6841718

[email protected]

                  މި އިޢުލާނާއެކު ތިރީގައިމިވާ ލިޔުންތައް އެއްކަރުދާސްކުރެވިފައި ވާނެއެވެ.

    1. ކޮންޑިޝަނަލް ގޯތި ބިމާބެހޭ އުސޫލު (އިސްލާޙް ކުރެވިފައިވާ)
    2. ކެޓަގަރީ A، ކެޓަގަރީ B، ކެޓަގަރީ C ފޯމުގައި "ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް" (އިސްލާޙް ކުރެވިފައިވާ)
    3. ގޯތި ބިން އޮތް ސަރަޙައްދު އެނގޭނެ ކުރެހުން. (ކުރެހުމުގައި ނޫ ކުލައިން ފާހަގަކުރެވިފައި)

                      ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރ ީމެވެ.

10 މޭ 2023