ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-A/IU/2015/04
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 25 ޖަނަވަރީ 2015 14:30
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ މުވައްޒަފުން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިޢުލާނަކީ، 15 ޖަނަވަރީ 2015 އާ ހަމައަށް މުއްދަތު ހަމަވެފައިވާ އިޢުލާނަށް ހުށަހަޅާފައިވާ ފަރާތްތައް މަދުކަމުން، އަލުން މުއްދަތު އިތުރުކޮށްފައި ކުރެވޭ އިޢުލާނެކެވެ.

މަޤާމް: މަސައްކަތު (ވަގުތީ މުވައްޒަފުން)

ޑިޕާޓްމަންޓް: މުނިސިޕަލް ސަރވިސަސް އެންޑް ޕްރޮޕަޓީ މެއިންޓަނަސް

ސެކްޝަން: ސައިޓް އޮޕަރޭޝަން، ވޯރކްޝޮޕް، ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކް

ބޭނުންވާ އަދަދު: 10 (ދިހައެއް)

މުއްދަތު: 6 މަސްދުވަސް

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

- އަސާސީ ތަޢްލީމުގެ ފެންވަރު ހުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

- މަގުތަކާއި، ޕޭމަންޓާއި، ފޫޓްޕާތުތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރުން.

- ކޮންކްރީޓާއި ޕްލަމިންގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

- މި ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކުގައި ކުރަންޖެހޭ މެނުއަލް ލޭބަރގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

- މަސައްކަތުގައި ބޭނުންކުރަން ގެންގުޅޭ މެޝިނަރީއާއި ޓޫލްސް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- މަގުތަކުގައި ތާރުއެޅުމާއި، ދާވާދުލުންފަދަ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

- މަޤާމާއި ސެކްޝަނުގެ މަސައްކަތާ ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.         

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

- އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

- ދިވެހި ބަހާއި އިނގިރޭސި ބަހުން މުޢާމަލާތްކުރަން އެނގުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތްކުރެވޭނެފަދަ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

- އުމުރުން 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: ދުވަހުގެ ރޭޓުން – ވަޒީފާއަށް ނިކުންނަ ދުވަހަކަށް (ނެގޯޝިއެބަލް)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތަކާއި، ސުންގަޑިއާއި، ހުށަހަޅަންޖެހޭ ތަން:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ވަނަވަރާއި، އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީއާއި، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއކު، 2015 ޖަނަވަރީ 25 ވާ އާދިއްތަ ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް، މި ކޯޕަރޭޝަނުގެ މައި އޮފީހުންނާއި މާލޭ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                        3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                                           ނުވަތަ                             ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު:3336755                                                                              ފޯނު: 3353535   

ފެކްސް : 3335892                                                                         ފެކްސް : 3358892

22 ޖަނަވަރީ 2015