ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)38-BB/38/2023/211
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 22 މޭ 2023 15:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3)

މި އިޢުލާންވަނީ 16 މޭ 2023 13:10 ގައި ބާތިލް ކުރެވިފައެވެ.


(IUL)38-BB/38/2023/211 :ނަންބަރު

އިޢުލާން

ވަޒީފާގެ ފުރުޞަތު

 މަޤާމް

 އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3)

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ސެކްޝަން:

 ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަން

 އަސާސީ މުސާރަ:

 މަހަކު -/7035 ރުފިޔާ  (ހަތްހާސް ތިރީސްފަސް ރުފިޔާ)

 ސާރވިސް އެލަވަންސް:

 މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

 ލިވިންގ އެލަވަންސް:

 މަހަކު 4000/- ރުފިޔާ (ހަތަރުހާސް ރުފިޔާ)

 ޚާއްޞަ އެލަވަންސް:

 މަހަކު 3165/75 ރުފިޔާ (ތިންހާސް އެއްސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ހަތްދިހަ ފަސްލާރި )

 ވަޒީފާގެ ބާވަތް: 

 ދާއިމީ

 މަސައްކަތުގެ ވަގުތު:

 އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

 ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، ލެވެލް 5 ނުވަތަ 6 ގެ ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުމާއެކު، 4 އަހަރުދުވަހުގެ ހިންގުމުގެ މަސައްކަތުގެ ތަޖްރިބާ ހުރުން، ނުވަތަ،
  2. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ ހިންގުމުގެ މަސައްކަތުގެ ތަޖްރިބާ ހުރުން، ނުވަތަ،
  3. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، ލެވެލް 9 ގެ ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުން. ނުވަތަ،
  4. އެމް. އެސް 2 ގެ ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ،
  5. އެމް. އެސް 1 ގެ ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާތައް؛

  • ސްޓެޓިސްޓިކްސް
  • ފޮރިން ރިލޭޝަން
  • ޕްލޭނިންގ
  • މެނޭޖްމަންޓް
  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން

 (މަޤާމުގެ ދާއިރާކަމުގައި ބެލެވޭނީ މަތީގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ސެޓްފިކެޓްތައް)

 އިތުރަށް ބަލާނެ ކަންތައް:

  1. އުމުރުން 18 އަހަރު ފުރިފައިވުން.
  2. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  3. ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  5. ސިޔާސީ ހަރަކާތެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެ އުޅޭ މީހެއްކަމުގައި ނުވުން.
  6. މަޤާމްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދިނުން.

 މަސްއޫލިއްޔަތު:

  • ކޮމިޝަންގެ ސްޓްރެޓެޖިކް ޕްލޭން، ޑިވިޜަން ހެޑް އާއި ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އެކުލަވާލުން.
  • ކޮމިޝަންގެ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރެވޭ މިންވަރު ބެލޭނެ ނިޒާމެއް ޤާއިމްކޮށް ޕްލޭން ގަވާއިދުން މޮނިޓަރކުރުން.
  • ކޮމިޝަނުގެ ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތަށް ސެކްޝަންގެ މަސައްކަތްތައް ކުރިޔަށްދޭތޯ ބަލައި، އެޕްލޭންގައިވާ ސެކްޝަނާ ގުޅުންހުރި ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ބަލައި، ވަޒަންކުރުން.
  • ކޮމިޝަންގެ އަހަރީ ވާރކްޕްލޭން  ޑިވިޜަންތަކާއި ގުޅިގެން އެކުލަވާލުން.
  • ކޮމިޝަންގެ އަހަރީ ވާރކްޕްލޭންގައި ޙާޞިލްކުރުމަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރެވޭ މިންވަރު އިވެލުއޭޓްކޮށް ވާރކް ޕްލޭން ގަވާއިދުން މޮނިޓަރކުރުން
  • ސެކްޝަންގެ އަހަރީ ވާރކް ޕްލޭން އެކުލަވާލާ، ޕްލޭނާ އެއްގޮތަށް މަސައްކަތް ހިންގުން.
  • ކޮންމެ އިންތިޚާބަކާ ބެހޭގޮތުން ތަފާސް ހިސާބު ރިޕޯޓެއް ތައްޔާރުކުރުން.
  • އެކި ފަރާތްތަކަށް ދޭންޖެހޭ ތަފާސް ހިސާބުތައް އެއްކޮށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދީ ތަފާސް ހިސާބާބެހޭ ހުރިހާ ކަމެއް ބެލެހެއްޓުން.
  • ކޮމިޝަންއަށް ބޭނުންވާ ތަފާސް ހިސާބަކީ ކޮބައިތޯ ބަލައި ތަފާސް ހިސާބު ތައްޔާރު ކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ތަފާސް ހިސާބު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ކޮމިޝަނުން ނިންމާ ނިންމުންތައް ކަމާ ގުޅޭ ސެކްޝަންތަކުން ތަންފީޒު ކުރޭތޯ ބަލައި މޮނިޓަރ ކުރުން.
  • ކޮމިޝަން ތަރައްޤީ ކުރުމަށްޓަކައި އޮފީހުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ކަންކަން ދިރާސާކޮށް ރޭވުން.
  • ސެކްޝަންތަކުގެ މެންޑޭޓްތައް ކަނޑައެޅުމުގައި ހިއުމަން ރިސޯސް ސެކްޝަނާއެކު މަސައްކަތްކޮށް، އެކަމުގައި ކޮމިޝަނަށް ލަފާ ދިނުން.
  • ސެކްޝަނަށް އަންނަ މަސައްކަތްތަކާއި، ސިޓީތައް ބަލައި، މުވައްޒަފުންނާއި މަސައްކަތް ޙަވާލުކޮށް އަމަލުކުރާނެ ގޮތުގެ އިރުޝާދު ދިނުން.
  • ސެކްޝަންގެ މުވައްޒަފުންނަށް،  ޙަވާލުކޮށްފައިވާ މަސައްކަތްތައް ކޮށްފައިވާ މިންވަރު ބަލާ، މޮނިޓަރ ކުރުން.
  • ސެކްޝަންއިން ނިންމަން ޖެހޭ މުހިންމު ކަންކަމުގައި ޑިވިޜަންގެ ވެރިޔާގެ ލަފާ ހޯދާ، މަސައްކަތްތައް ނިންމައި، އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  • ސެކްޝަންގެ މަސައްކަތްތަކާއި ގުޅުންހުރި ބައްދަލުވުންތައް އިންތިޒާމްކުރުމާއި އެ ބައްދަލުވުންތައް ކުރިއަށް ގެންދިޔުން.
  • ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރުވުން.
  • ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތަށް ބޭނުންވާނެ ޓްރެއިނިންގ ފާހަގަކޮށް، ކަމާބެހޭ ޑިވިޜަނަށް އެންގުން.
  • ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތުގައި އަޅަންޖެހޭ އިސްލާހީ ފިޔަވަޅަކީ ކޮބައިކަން ބަލައި ޑިވިޜަން ހެޑްގެ ސަމާލުކަމަށް ގެނައުން.
  • ސެކްޝަން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލައި އެޕްރައިސަލް ތައްޔާރުކުރުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

 - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

 - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

  5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

 - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

 މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

 

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

 މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 މޭ 22 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި 10mb އަށް ވުރެ ކުޑަފައިލްސައިޒަކަށް އެޓޭޗްކުރެވިފައެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ރަސްމީ ވެބްސައިޓް www.elections.gov.mv  އިން ލިބެން ހުންނާނެއެވެ.

 ނޯޓު: އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ 3004472 އަށް ގުޅުއްވައި އީމެއިލް މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރުކުރަން ވާނެއެވެ. އަދި ދަންނަވަމެވެ. ފައިލްސައިޒް 10mb އަށް ވުރެ ބޮޑުވެގެން މިކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމުގެ ގޮތުގައެވެ.

 އިތުރު މަޢުލޫމާތު:

 - ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

 - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

 - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

 - ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން %50 އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

 - މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

 - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 - މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

 - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކެންޑިޑޭޓް ނަންބަރެއް ދެވޭނެއެވެ. އަދި އެ ނަންބަރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ.

 - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށްދެވޭ އަމަލީ ޓެސްޓާއި އިންޓަރވިއުއަށްފަހު އެފަރާތްތަކަށް ލިބިފައިވާ މާރކްސް އާންމު ކުރާނެއެވެ.

އެސިސްޓެންޓް ޑިރެކްޓަރ – އެމް.އެސް 3 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

 ބައިތައް

މާކްސް

 ތަޢުލީމާއި ތަމްރީނު

40

 މަސައްކަތު ތަޖުރިބާ

15

 އިންޓަވިޔު

35

 ޢަމަލީ ޓެސްޓު

10

 ޖުމުލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

 - މި ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

 - މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

 - ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

11 މޭ 2023