މަސައްކަތް
ނަންބަރު: (IUL)332-MS/332/2023/61
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި:
22 މޭ 2023 10:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ޕިކަޕެއް ގަނެ، ރޯޑްވާދިނަސް ހަދައި، ކ.ދިއްފުށީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށް ރަށާއި ހަމަޔަށް ގެނެސްދޭނެ ފަރާތެއް ހޯދުން
- މިއިދާރާއިން ކުރި ނަންބަރު: (IUL)332-MS/332/2023/51 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ އެއިޢުލާން ބާތިލްކޮށް 02 (ދެވަނަ) ފަހަރަށް އިޢުލާން ކުރަމެވެ.
- މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ޕިކަޕެއް ގަނެ، ރޯޑްވާދިނަސް ހަދައި، ކ.ދިއްފުށީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށް ރަށާއި ހަމަޔަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 11 މޭ 2023 ން 18 މޭ 2023 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 13:00 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމު މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރީ ފޯމް ގެޒެޓް، މިއިދާރާއިން، ވައިބާ ކޮމިއުނިޓީ ގްރޫޕް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.
- ބީލަމުގައި ރަޖިސްޓްރީވާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށް، މަސައްކަތާއި ގުޅޭ ދާއިރާއަކުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވާން ޖެހޭނެއެވެ.
- މިބީލަމާއި ގުޅޭ ބީލަން ކަރުދާސް 11 މޭ 2023 ން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 18 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 22މޭ 2023 ވާ ހޯމަ ދުވަހުގެ 10:00 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
11 މޭ 2023