ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2023/030
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 16 މޭ 2023 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ސްޕެސިއަލިސްޓް، ކޮމިއުނިކޭޝަން/މީޑިއާ

ޑިޕާޓްމަންޓް/ސެކްސަން:

ކޯޕަރޭޓް އެފެއާސް

ބޭނުންވާ އަދަދު:

01

ޝަރުތުތައް:

-          ބެޖްލާރސް އޮފް ސައިންސް އިން ޕަބްލިކް ރިލޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޖްލާރސް ފުރިހަމަކޮށްފައިވުން

-          މަސައްކަތުގެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

-          ކުންފުނީގެ ކޯޕަރޭޓް ބޭނުންތަކަށް ގްރެފިކްސް އަދި ޕްރެސެންޓޭޝަން ލޭއައުޓް ޑިޒައިން ކޮށްދިނުން.

-          ވެބްސައިޓްގައި ހިމެނޭ މަޢުލޫމާތުތައް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

-          ސޯޝަލް މީޑިއާ ގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ގްރެފިކްސް ޑިޒައިން ކުރުން.

-          ކުންފުނިން ހިންގާ އަދި ބައިވެރިވާ އިވެންޓްތަކާއި އެހެން ހަރަކާތްތަކުގެ ފޮޓޯ/ވީޑިއޯ ނެގުމާއި، އެފޮޓޯ/ވީޑިއޯތަށް އެޑިޓްކުރުމާއި އެތަކެތި ސޯޝަލް މީޑިއާގައި ޝާއިރުކުރުން.

މަހު މުސާރަ:

22،000ރ އާއި 24،000ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް ހެޑް އޮފީސް

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2023 މެއި 16 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

11 މޭ 2023