ދިވެހިރާއްޖެ
ނަންބަރު:H13C-A/2023/9
އިޢުލާން
ކޯޓުން ޙަވާލުކުރާ ކާވެނިތައް ކޮށްދިނުމަށްޓަކައި، ޝަރުޢީ މައުޛޫނުންގެ ދަފްތަރެއް ކުރިޔަށް އޮތް 07 (ހަތެއް) މަސްދުވަހަށް އެކުލަވާލުމަށް ބޭނުންވެއެވެ. އެހެންކަމުން މިކޯޓުގެ ޝަރުޢީ މައުޛޫނުންގެ ދަފްތަރުގައި ޖެހުމުގެ ފުރުސަތު ހުޅުވާލަމެވެ.
|
ދަފްތަރުގެ ނަން: |
ޝަރުޢީ މައުޛޫން |
|
ދަފްތަރުގެ މުއްދަތު: |
01 ޖޫން 2023 އިން ފެށިގެން 31 ޑިސެންބަރު 2023 ގެ ނިޔަށް |
|
މަސައްކަތްކުރަންޖެހޭ ތަން: |
ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓު |
|
އުޖޫރަ: |
ޢަޤުދުކޮށްދޭ ކޮންމެ ކާވެންޏަކަށް -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ) |
|
އަސާސީ ޝަރުޠު: |
ޝަރުޢީ މައުޛޫނުކަމުގެ ހުއްދަ ލިބިފައި އޮތުން |
|
މައިގަނޑު މަސައްކަތް: |
ކޯޓުން ޙަވާލުކުރާ ކާވެނިތައް ޢަޤުދުކޮށްދިނުން |
|
މަސައްކަތް ޙަވާލުކުރުން: |
ކޯޓާ ޙަވާލުވެ ހުންނަވާ މެޖިސްޓްރޭޓް ރަށުގައި ނުހުންނަވާ ޙާލަތްތަކުގައި ނުވަތަ ކޯޓާ ޙަވާލުވެ ހުންނަވާ މެޖިސްޓްރޭޓް (އާއިލީ ޒިންމާއަކާ ގުޅިގެން ނުވަތަ ބަލިވުންފަދަ ކަމެއް ދިމާވެގެން) ޢުޒުރުވެރިވާ ޙާލަތްތަކުގައި މިކޯޓުގެ ޝަރުޢީ މައުޛޫނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތަރުތީބުން ކާވެނި ޢަޤުދުކުރުމަށް ޙަވާލުކުރެވޭނެ |
|
ދަފްތަރުގެ ތަރުތީބު: |
ޝަރުޢީ މައުޛޫނުކަމަށް އެދި ހުށަހަޅާ ތަރުތީބު |
|
ކޯޓަށް ހުށަހަޅަންޖެހޭ ތަކެތި: |
1- ޝަރުޢީ މައުޛޫނުންގެ ދަފްތަރުގައި ޖެހުމަށް އެދޭ ސިޓީ އާއި އައި.ޑީ ކާޑުގެ ކޮޕީ 2- ޝަރުޢީ މައުޛޫނުކަމުގެ ހުއްދައިގެ ކޮޕީ |
|
ސުންގަޑި: |
2023 މޭ 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން |
|
އިތުރު މަޢުލޫމާތު: |
މިކޯޓުގެ ނަންބަރު 6640383 ފޯނާ ގުޅުއްވުން އެދެން |