މުބާރާތް
ނަންބަރު: (IUL)275-AB/275/2023/16
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2023
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 19 ޖޫން 2023 23:59
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ފީވަކު ކައުންސިލް ކަޕް 2023

                  ށ. ފީވަކު ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ފުޓްސަލް އަދި ހޭންޑްބޯލް ފަދަ ކުޅިވަރުތަކުގެ ރޫޙު ދިރުވައި އާލާކޮށް ހުނަރުވެރި ފުޓްސަލް އަދި ހޭންޑްބޯލް ކުޅުންތެރިން އުފެއްދުމަށާއި ޞިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤުޞަދުގައި ފީވަކު ކައުންސިލުން އިންތިޒާމްކޮށްގެން 02 ޖުލައި 2023 ވަނަ ދުވަހު ށ.ފީވަކު ގައި ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

                  ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 11 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާޢިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިޢްލާނާއެކު ޢާންމުކުރި ވާހަކަވެސް ދެންނެވީމެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާޢިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 6540046 ނުވަތަ 9992833 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރަމެވެ.

11 މޭ 2023