ކުއްޔަށް ދިނުން
ނަންބަރު: (IUL)270/270/2023/71
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2023
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 25 މޭ 2023 11:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. މަކުނުދޫއިން 24 (ސައްވީސް) ބިމެއް ކުއްޔަށް ދޫކުރުމާ ގުޅޭ

މި އިޢުލާންވަނީ 22 މޭ 2023 16:28 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ހދ. މަކުނުދޫއިން 24 (ސައްވީސް) ބިމެއް ކުއްޔަށް ދޫކުރުމާ ގުޅޭ

 

ހދ. މަކުނުދޫއިން 08 ބޭނުމަކަށް 24 ބިން ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ. ވީމާ މި ބިންތަކުގައި ވިޔަފާރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 11 މޭ 2023 ން 24 މޭ 2023 ގެ 23:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:  https://bit.ly/3St1NgY

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 25 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.

މި ބީލަމާ ގުޅިގެން ބޭއްވޭ މަޢުލޫމާތު ބައްދަލުވުން 15 މޭ 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ޕްރޮކިއުމަންޓް ޔުނިޓް
  • މަކުނުދޫ ކައުންސިލް އިދާރާ
  • ހދ. މަކުނުދޫ
  • ފޯން: 9695777 / 7789355
  • އީމެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 މޭ 2023