ދިވެހިރާއްޖެ
ދުވަހުކުއްޔަށް ކޮޓަރި ދޫކޮށްގެން އާމްދަނީ ލިބޭނޭފަދަ ތަނެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި، ރަށްވެހިގެ މަރާމާތު ކުރުމަށް ބޭނުންވެގެން 27 އޮކްޓޫބަރު 2014 ވަނަ ދުވަހު ކުރި އިޢުލާން ނަންބަރު IUL)406-esms/INDIV/2014/25) އާ ގުޅިގެން މިއިދާރާއަށް ހުށަހެޅުނު އަންދާސީހިސާބުތަކުގެ އަގުބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ. ވީމާ، ރަށްވެހިގެ މަރާމާތުކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 02 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ފެބުރުވަރީ 2015 ވާ ހޯމަދުވަހުގެ 14:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.