ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMPL/416/2023/54
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2023
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 14 މޭ 2023 20:30
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޫލް ދަރިވަރުންނަށް އަމާޒްކޮށްގެން ޖަމްޢިއްޔަތު ތަޙްފީޡިލް ޤުރުއާނިލް ކަރީމްގެ ފަރާތުން ކުރިއަށް ގެންދާ ކީރިތި ޤުރުއާން ޙިފްޘުކުރުމުގެ ޕްރޮގްރާމްއާއި ގުޅޭ

       ޖަމްޢިއްޔަތު ތަޙްފީޡިލް ޤުރުއާނިލް ކަރީމްގެ ފަރާތުން ކުރިއަށް ގެންދާ ކީރިތި ޤުރުއާން ޙިފްޘުކުރުމުގެ ޕްރޮގްރާމްއެއް ދަށުން ކޮންމެ އަތޮޅަކަށް 18 ޖާގަ ދީގެން ކައުންސިލް ތަކާއި ގުޅިގެން 2023 ވަނަ އަހަރު ޖޫންމަހު އޮންލައިންކޮށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގައި ކޮންމެ ރަށަކުންވެސް 02 ދަރިވަރުން ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

        ވީމާ، މިކަމަށް ޝައުޤުވެރިވާ 08 އަހަރުން މަތީގެ ދަރިވަރުން 14 މޭ ވާ އާދިއްތަ ދުވަހު މެންދުރު 12:00ގެ ކުރިން https://forms.gle/ewh4FdDSq66Cs8kBAމިގޫގަލް ފޯމް ފުރުއްވުން އެދެމެވެ.

 އަދި މިކަމަށް ޝައުގުވެރިވެ ނަން ހުށަހަޅާ ދަރިވަރުން 02 ދަރިވަރުންނަށްވުރެ އިތުރުވާނަމަ 14 މޭ 2023 ވަނަ ދުވަހުގެ ރޭގަނޑު 20:30 ގައި ގުރުއަތުލައިގެން 02 ދަރިވަރެއްގެ ނަން ނެގިގެންދާނެ ކަމަށް މައުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 މޭ 2023