ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2023/48
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2023
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 25 މޭ 2023 14:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީގެ އާންމު ރައްޔިތުން ތަމްސީލުކުރާ މެންބަރުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާގުޅޭ

"ތިލަދުންމަތީ ދެކުނުބުރީ ފިނޭއިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމާއި، މަސައްކަތްތައް ހިންގާނެ ގޮތުގެ އުސޫލު" ގެ 6 ވަނަ މާއްދާގެ ދަށުން، ހދ. ފިނޭ އާންމު ރައްޔިތުންގެ ތެރެއިން އައްޔަންކުރުމަށް ހަމަޖެހިފައިވާ 02 (ދޭއް) މެންބަރުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ހދ. ފިނޭ ރައްވެހިންގެ ތެރެއިން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ނަން ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީއާއިއެކު، ނަން ހުށަހަޅުއްވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުމަށް ވެސް ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

10 މޭ 2023