މަސައްކަތް
ނަންބަރު: (IUL)221-AF/221/2015/11
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 01 ފެބުރުވަރީ 2015 14:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސެކިއުރިޓީއާއި އަލިފާންނިއްވާ ނިޒާމު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް މިއޮތޯރިޓީގެ ސެކުރިޓީއާއި އަލިފާން ނިއްވާ ނިޒާމު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

މި އޮތޯރިޓީ ހިންގަމުންގެންދާ އޮފީސް އިމާރާތަށް ބޭނުންވާ އިލެކްޓްރޯނިކް އެލާރމްސް، ވީޑިއޯ ގާރޑުފަދަ އާލާތްތައް މެދުވެރިކޮށް އިމާރާތް މޮނިޓަރކޮށް ބެލެހެއްޓުމާއި، އޮފީހުގެ އަލިފާން ނިއްވާ ނިޒާމު ސަރވިސް ކޮށް، 2 (ދޭއް) އަހަރުގެ މުއްދަތަށް ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި އޮތޯރިޓީއަށް (ކުރީގެ އެޓޯލް ޕޯސްޓް ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:30 އަށް މި އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

28 ރަބީޢުލްއައްވަލް 1436

19 ޖަނަވަރީ 2015