ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ބައެއް ތަކެތި ވިއްކާނެ ފަރާތެއް ހޯދުމަށް 10 އެޕްރީލް 2023 ގައި ކުރި، މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2023/28 އިޢުލާނާ ގުޅިގެން، މި އިޢުލާނުގައިވާ 04 ސީ.ޕީ.ޔޫ ވިއްކުމަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައި ނުވާތީ، އަލުން އިޢުލާނު ކުރަމެވެ.
މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، 2023 މޭ 16 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާނުގައިވާ އީ-މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީ-މެއިލްތައް ބަލައިނުގަނެވޭ ވާހަކަ ދަންނަވަމެވެ.
ކުންފުނީގެ ނަން:
ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:
އީމެއިލް:
ފޯނު ނަންބަރު:
ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2023 މޭ 16 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2023 މޭ 22 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
20 ޝައްވާލް 1444