ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
||
މަޤާމު |
ކޮމްޕިއުޓަރ ޓެކްނީޝަން |
ރޭންކް: އެމް.އެސް 1 |
ޢަދަދު |
1 (އެކެއް) |
|
މަސައްކަތްކުރަންޖެހޭ ތަން |
ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓް |
|
އަސާސީ މުސާރަ |
-/5,610 ރުފިޔާ |
|
މި މަޤާމަށް ލިބޭ އެލަވަންސް |
- ސަރވިސް އެލަވަންސް -/2000 ރުފިޔާ (ދެހާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %25 - ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
|
އަސާސީ ޝަރުޠު
|
1- މަޤާމުގެ މަސައްކަތް ކުރުމުގެހުނަރާއި ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛ 2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، GS4 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މަސްއޫލިއްޔަތު
|
1- ބ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓްތަކުގެ ސާރވާތަކާއި ނެޓްވޯކްތައް ބެލެހެއްޓުން. 2- ބ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓްތަކުގެ ކޮމްޕިއުޓަރތަކަށް ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ޙައްލުކުރުން. |
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ކުރިމަތިލައްވާފައިވާ ފަރާތުގެ ވަނަވަރު. 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ) 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ) |
|
ސުންގަޑި |
2015 ޖަނަވަރީ 29 ވަނަ ދުވަހުގެ 15.00 ގެ ކުރިން ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ. |
|
އިތުރު މަޢުލޫމާތު |
މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. |
|
28 ރަބީޢުލްއައްޥަލް 1436 |