ތަމްރީނު
ނަންބަރު: (IUL)417-SED/417/2023/46
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 21 މޭ 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަނާޒާ ކޯހާއި ގުޅޭ؛

ރަށުގެ ރައްޔިތުންނަކީ ދީނީ ގޮތުން ހޭލުންތެރި ބަޔަކަށް ހެދުމުމަށް ހޯނޑެއްދޫ ކައުންސިލުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ޖަނާޒާ (ކުރުކޯސް) 2023 މެއި މަހުގެ 28 އިން ޖޫން 03 އަށް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ކޯހަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އާއި މިކައުންސިލާ ގުޅިގެން ހިންގާ ކޯހެކެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރުން މަތީގެ ދެންޖިންސުގެ މީހުންނަށް ހުޅުވާލެވިފައިވެއެވެ.

ވީމާ، މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 މެއި 21 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން "ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް" ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި އިޢުލާނާއެކު ކޯހުގެ ޝެޑިއުލް އާންމުކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 މޭ 2023