މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/12
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 27 ޖަނަވަރީ 2015 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
2 ލިފްޓް ސަރވިސް ކުރުމާއި ލިފްޓުގައި ކުރަންހުރި އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ)ގައި ހަރުކުރެވިފައިވާ 2 ލިފްޓް 01 އަހަރު ދުވަހަށް ސަރވިސް ކުރުމާއި ލިފްޓުގައި ކުރަންހުރި އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 ޖަނަވަރީ 2015 ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ފެބުރުވަރީ 2015 ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

29 ރަބީޢުލްއައްވަލް 1436       

20 ޖަނަވަރީ 2015