ދިވެހިރާއްޖެ
ނަންބަރު:123A/IUL/2023/31
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މިކޮމިޝަން ހިންގުން ބަދަލު ކުރުމަށް ހަމަޖެހިފައިވާ މިކޮމިޝަނުގެ އައު އޮފީސް އިމާރާތްކަމަށްވާ މ.ފިނިފަރު 9،8،7 އަދި 10 ވަނަ ފަންގިފިލާ، އެއް އަހަރު ދުވަހުގެ މުއްދަތައް ފޮޅާ ސާފުކޮށްދިނުންފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: 123-A/IUL/2023/29 އިޢުލާނުގެ މަޢުލޫމާތު ޝީޓްގައިވާ މަސައްކަތުގެ ތަފްޞީލަށް ބަދަލު ގެނެވިފައިވާތީ އެކަން އެންގުމުގެ ގޮތުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 މެއި 15 ވާ ހޯމަ ދުވަހުގެ 11:00 ށް މި ކޮމިޝަނަށް ( މ.ފިނިފަރުގެ 07 ވަނަ ފަންގިފިލާ ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބިޑާ ގުޅޭ މަޢުލޫމާތު ޝީޓު މި އިޢުލާނާއި އެއްހީރާސް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައިވާ ގޮތަށެވެ.
20 ޝައްވާލް 1444
10 މެއި 2023