Maldives
ވ.ތިނަދޫ މަސްޖިދުލްސަލާމް 1 އަހަރު ދުވަހުގެ މުއްދަތަށް ފޮޅާސާފޮކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި އިއުލާނަށް (އިއުލާން ނަންބަރު: (IUL)358/INDIV/2023/1 އެންމެފަރާތަކުން ބިޑު ހުށަހަޅާފައި ވާތީ އަލުން މިމަސައްކަތް ކޮއްދެއްވާނެ ފަރާތެއް ހޯދުމަށް މިކައުންސިލުން އިއުލާން ކުރަމެވެ.
ވީމާ މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭންބޭނުންވާ ފަރާތްތަކުން 16 މޭ 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 ށް ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު މަސައްކަތްކޮށްދެއްވޭނެ އަގު ( އެސްޓިމޭޓު ) ހިއްޕަވައިގެން 18 މޭ 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ށް ކައުންސިލް އިދާރާއަށް ދުރުވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ވ.ތިނަދޫ މަސްޖިދުލްސަލާމް ފޮޅާސާފުކޮށްދިނުމަށް އެދި" މިހެންލިޔެފަ އޮންނަށްވާނެއެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނުނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައޮންނަންވާނެއެވެ. ބަދަލުގައި އެހެންބޭފުޅަކު ވަޑައިގަންނަވާނަމަ އެމީހަކީ ކާކުކަން އެނގޭފަދަ ރަސްމީ ލިއުމެއް ހުށަހަޅުއްވަން ވާނެއެވެ.
މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ (ޤާނޫނު ނަންބަރ 2014/08) ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިލްއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ (ޤާނޫނު ނަންބަރ 2014/19) ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށެވެ.
އަންދާސީ ހިސާބު ހުޅުވުން:
އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 18 މޭ 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި ވ.ތިނަދޫ ކައުންސިލްގެ އިދާރާގައި އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޒިރުގައެވެ. ނަމަވެސް އިވެލުއޭޓް ކޮމެޓީއިން ބެލުމަށްފަހު ޝަރުތު ހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްފަހު އަންދާސީ ހިސާބުގެ އެއްވެސް ލިއުމަކަށް އުނިއިތުރެއް ނުގެނެވޭނެއެވެ.
މާކްސް ދެވޭ ގޮތްތަށް:
# |
މާކްސް |
މާކްސްދެވޭ މިންގަނޑުތައް |
ތަފްސީލް |
01 |
%50 |
އަގު |
އެންމެގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑަ އަގަށް |
02 |
%30 |
ދިވެހިން |
މަސައްކަތުގައި ގެންނުޅޭނީ ދިވެހިންކަމުގައިވާނަމަ |
03 |
ދިވެހި،ބިދޭސީ |
ދިހެހިންނާއި ބިދޭސީންނާ އެއްކޮށް ކަމުގައިވާނަމަ |
|
04 |
%5 |
ބިދޭސީން |
ބިދޭސީން އެކަނި ކަމުގައިވާނަމަ |
މާކްސް ދެވޭގޮތުގެ ތަފްސީލް:
01 ބިޑް އިވެލުއޭޓް ކުރާނީ ވ.އަތޮޅުކައުންސިލްގެ އިދާރާ އައްޔަނުކުރާ ބިޑް އިވެލުއޭޓްކުރާ ކޮމެޓީއަކުންނެވެ.
02 ބިޑް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
03 ބިޑް އިވެލުއޭޓް ކުރުމުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.