ވަޒީފާގެ ފުރުޞަތު
ނަންބަރު: MGPL-HR/AD/15-05
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 29 ޖަނަވަރީ 2015 14:00
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮކިއޯމަންޓް އެސިސްޓެންޓް

ވަޒީފާގެ ފުރުސަތު

ބޭނުންވާ އަދަދު: 1 (އެކެއް)

ޕްރޮކިއޯމަންޓް އެސިސްޓެންޓް

މަޤާމް:

މަހަކު -/3،250 ރުފިޔާ

އަސާސީ މުސާރަ:

މުސާރައިގެ އިތުރުން، ހާޒިރީ އެލަވަންސާއި، ކެއުމުގެ އެލަވަންސާއި، އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިތުރު ޢިނާޔަތް:

- ކުންފުންޏަށް ބޭރުން ގެނެވޭ މުދާތައް ކަސްޓަމުން ކްލިއަރކުރުން.

- ކުންފުންޏަށް ބޭނުންވާ މުދަލާއި އެހެނިހެން ތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް، ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން ކުރިއަށް ގެންދިއުން. އެގޮތުން، ޑިޕާޓްމަންޓްތަކުން ގަތުމަށް އެދޭ ތަކެއްޗާ ބެހޭގޮތުން ފުރިހަމަ މަޢުލޫމާތު ހޯދުމާއި، ސަޕްލަޔަރުންނާ ނެގޯޝިއޭޓްކުރުމާއި، ތަކެތީގެ އަގަށާއި ކޮލިޓީއަށްބަލައި ޑިޕާޓްމަންޓްތަކުން ފޮނުވާ ސްޕެސިފިކޭޝަނާ އެއްގޮތްވާގޮތުގެމަތިން އެތަކެތި ގަނެ، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.

- އޮފީހުން ހިންގާ ޕްރޮޖެކްޓްތަކަށް މުދާ ފޮނުވަންޖެހޭ ތަންތަނަށް މުދާ ފޮނުވުން.

- އަންނަ ރިކުއެސްޓް ފޯމްތަކަށް ޤަވާއިދުން މުދާނެގުން.

- ކޯޓޭޝަންތައް ހޯދުމާއި ގަންނަ ތަކެތީގެ ލިޔެކިޔުންތައް ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

- ޖީ.ސީ.އީ އޯލެވެލްގެ ފެންވަރު ހުރުމާއެކު، ޕްރޮކިއޯމަންޓް ނުވަތަ ކަސްޓަމް ކްލިއަރިންގ މަސައްކަތުގެ ދާއިރާއިން 1 އަހަރު ދުވަހާއި 2  އަހަރު ދުވަހާ ދެމެދުގެ މުއްދަތެއްގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޕްރޮކިއޯމަންޓް ނުވަތަ ކަސްޓަމް ކްލިއަރިންގ މަސައްކަތުގެ ދާއިރާއިން 3 އަހަރު ދުވަހަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ފެންވަރު ނުވަތަ ޝަރުޠު:

-    މަޤާމަށް އެދިހުށަހަޅާ ސިޓީ.

-    ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

-    ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

-    ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

-    ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

2015 ޖަނަވަރީ 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

ސުންގަޑި:

- މަޤާމަށް އެދި ހުށަހުޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

- ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަނުވާ ސިޓީއާއި ފެކުހާއި އީމެއިލްތައް ބާޠިލުކުރެވޭނެއެވެ.

ސިޓީ ފޮނުވާނީ:

ހިއުމަން ރިސޯސް ޑިޕާޓްމަންޓް

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް

#2-21 އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ

އޯކިޑްމަގު، މާލެ

ފޯން: 3335614   ފެކްސް: 3335615

އީމެއިލް:  career@maldivegas.com

އިތުރު މައުލޫމާތު:

    1 ރަބީޢުލްއާޚިރު 1436
22 ޖަނަވަރީ 2015