މަސައްކަތް
ނަންބަރު: MMS-A/2015/03
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 29 ޖަނަވަރީ 2015 11:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ރާއްޖޭން ބޭރުން ގެންނަ ތަކެތި، ކަސްޓަމްސްއިން ކްލިއަރ ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސަރވިސްއަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި، ކަސްޓަމްސް އިން ކްލިއަރ ކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖަނަވަރީ 29 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ހުޅުލޭގައި ހުންނަ މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީހިިސާބު ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި ކްލިއަރ ކުރުމަށް ބޭނުންވާ މަޢުލޫމާތު:

ކޯޓޭޝަން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތާއި ކޯޓޭޝަނާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތު:

ޕޯސްޓް މެދުވެރިކޮށް ލިބޭ ތަކެއްޗާއި އެއަރފްރައިޓްކޮށް، އަދި ސީ ފްރައިޓްކޮށް، އަންނަ މުދާ، ތަކެތި ކްލިއަރ ކުރުމަށްފަހު އެތަކެތި ރައްދުކުރުން:

  • މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (ހުޅުލޭގައި ހުންނަ)

 

 

މުއްދަތު:

  • 1 (އެކެއް) އަހަރު.

އަގު:   

  • ތަކެތި ހަވާލުކުރުމުގެ އަގު ކޯޓޭޝަންގައި ވަކިވަކިން އެނގެން އޮންނަންވާނެއެވެ. އަދި ޖުމުލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.

ކޯޓޭޝަންގެ މުއްދަތު:

  • ކޯޓޭޝަންގައިވާ ތާރީޚުން ފެށިގެން މަދުވެގެން 60 ދުވަހުގެ މުއްދަތު ދޭންވާނެއެވެ.

ތަކެތި ކްލިއަރ ކުރުމުގައި އަމަލުކުރަންވީ ކަންތައްތައް:

  1. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް 1 އަހަރުގެ ތެރޭގައި، ޕޯސްޓް މެދުވެރިކޮށް ލިބޭ ތަކެއްޗާއި އެއަރފްރައިޓްކޮށް، އަދި ސީ ފްރައިޓްކޮށް އަންނަ މުދާ، ތަކެތި ކަސްޓަމްސްއިން ކްލިއަރކުރުން.
  2. ނަންބަރ 1 ގައި ބަޔާންކޮށްފައިވާ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި މީހުން ހޯދުމަކީ މަސައްކަތް ހަވާލުވި ފަރާތުގެ މަސްއޫލިޔަތެކެވެ.
  3. ނަންބަރު 1 ގައި ބަޔާންކޮށްފައިވާ މަސައްކަތަށް އަގު ކަނޑައެޅުމުގައި ބެލެވޭނީ މަސައްކަތް ހަވާލުވާ ފަރާތުން ހުށަހަޅާފައިވާ އަންދާސީހިސާބުގައިވާ އަގުތަކަށެވެ.
  4. މަސައްކަތްކޮށްދިނުމުގެ ޚަރަދުތަކުގެ ތެރޭގައި ނުހިމެނޭ ޚަރަދުތައް ކުރުމުގެ ކުރިން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި މަޝްވަރާ ކުރުމަށްފަހު މިފަދަ ޚަރަދުތައް މަސައްކަތާ ހަވާލުވާ ފަރާތުން ކުރެއްވުމަށްފަހު މިކަންކަމުގެ ތަފުސީލު އެނގޭގޮތަށް އިންވޮއިސްގައި ހިމަނަންވާނެއެވެ.
  5. އެއަރފްރައިޓްކޮށް އަދި ސީ ފްރައިޓްކޮށް އައިސްފައިވާ މުދާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލަސްނުކޮށް ކަސްޓަމްސް ސަރަހައްދުން ނެރެންވާނެއެވެ.
  6. މުދާ ކަސްޓަމްސްއިން ކްލިއަރ ކުރުމަށް ބޭނުންވާ ލިޔެކިޔުން، މަސައްކަތް ހަވާލުވި ފަރާތާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހަވާލުކުރުމުން، ދެވިފައިވާ މުއްދަތުގެ ތެރޭގައި މުދާ ކްލިއަރ ނުކުރެވި މުދާ ކަސްޓަމްސް ސަރަހައްދުގައި ބެހެއްޓި އިތުރުވާ ދުވަސްތަކަށް ދައްކަންޖެހޭ ޖޫރިމަނާ ދައްކާނީ މަސައްކަތާ ހަވާލުވާ ފަރާތުންނެވެ.
  7. މަސައްކަތް ކުރުމުގައި އިހުމާލުވެގެން މުދަލަށް ގެއްލުމެއްވެ ހަލާކުވާގޮތް ދިމާވެއްޖެނަމަ އިތުރު އަގަކާނުލައިއި އެކަމެއް ރަނގަޅުކުރުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
  8. ތަކެތި ހަވާލު ކުރުމަށް، މިސަރވިސް އާ ހަވާލުކުރުމުގައި، މަސައްކަތް ކުރަން ބޭނުންވާ ކަންކަމާއި، ތަކެއްޗާއި މަސައްކަތް ކުރުމަށް ބޭނުންވާ އާލާތްތައް ހޯއްދަވާނީ މަސައްކަތާ ހަވާލުވާ ފަރާތުންނެވެ.
  9. މާލޭ ކަސްޓަމްސް ސަރަހައްދުން މުދާ ނެރެ ހުޅުލެއަށް އެރުވުމުގެ ހުއްދަ އެއަރޕޯޓްސް ކޮމްޕެނީ އާ ގުޅައިގެން ހޯދުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވަންޖެހޭ ލިޔުންތައް:

  • ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމަންޓްގެ ޕްރޮފައިލް.
  • ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމަންޓްގެ ރަޖިސްޓަރީގެ ކޮޕީއެއް.
  • މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ރަޖިސްޓަރީގެ ކޮޕީއެއް. (ރަޖިސްޓަރީ ކޮށްފައި ނުވާނަމަ އެކަން އެނގެން އޮންނަންވާނެއެވެ.)
  • މިބާވަތުގެ މަސައްކަތް ކުރުމުގައި ހޭދަކޮށްފައިވާ މުއްދަތު އެނގޭނެ ލިޔުމެއް.

ކޯޓޭޝަން ހުށަހަޅަންޖެހޭ ތަން:

  • ހުޅުލޭގައި (އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް) ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް.

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި:

  • 2015 ޖަނަވަރީ 29 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

އަންދާސީހިސާބުތަކަށް ޕޮއިންޓްދެވޭނީ ތިރީގައި މިވާ އުސޫލާ އެއްގޮތަށެވެ.

(ހ) ހުށަހަޅާފައިވާ އަގު:

  • 70 ފޮއިންޓް ( އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭނެއެވެ.)

(ށ) ޤާބިލް ކަން

  • މަސައްކަތުގެ ދާއިރާއިން ފަންނީ މީހުންތިބި ނަމަ:  06 ޕޮއިންޓް.
  • ހިންގުމުގެ ދާއިރާގައި މަސައްކަތާ ގުޅޭ ފަންނީ މީހުން ތިބިނަމަ: 04 ޕޮއިންޓް.

(ނ) ތަޖުރިބާ:

  • 0 -–5 އަހަރަށް  05 ޕޮއިންޓް.
  • 5 -–10 އަހަރަށް 10 ޕޮއިންޓް.
  • 10 -–15 އަހަރަށް  15 ޕޮއިންޓް.
  • 15 އަހަރަށް ވުރެ ގިނަނަމަ 20 ޕޮއިންޓް.

އިތުރު މަޢުލޫމާތު:

  • ތަކެތި ކްލިއަރ ކުރުމަށް އެގްރީމެންޓް ކުރެވޭނީ 1 އަހަރުދުވަހުގެ މުއްދަތަށެވެ.
  • ތަކެތި ކްލިއަރ ކުރުމަށްފަހު ގެންދާތަކެތި އެ އޮފީހަކުން ދައްކާ ތަނެއްގައި ބަހައްޓައިދިނުން.
  • ތަކެތި އޮފީހަކަށް ހަވާލުކުރަން ޖެހިއްޖެނަމަ އެއޮފީހަކަށް މުދާ، ތަކެތި ގެންދާ ތާރީޚާއި ގަޑި އެންގުން.
  • ތަކެތި އޮފީހަކަށް ގެންދާއިރު އޮފީހުގެ މަސައްކަތަށް ދަތިނުވާނެގޮތަށް ކުރުން، އަދި ގެންދާ މުދަލެއްގެ ސަބަބުން ތަން ހަޑިވިނަމަ ތަން ސާފުކުރުން.
  • އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށް ހުށަނާޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ފޯން ނަންބަރަކީ 3340975 އެވެ. (މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ހެނދުނު 08:00 ން މެންދުރު ފަހުގެ 03:00 އާ ދެމެދުގައެވެ.)

ހުށަހެޅޭ އަންދާސީހިސާބު ބާޠިލު (ޑިސްކޮލިފައި) ކުރެވިދާނެ ގޮތްތައް:  

 

  • އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުންް.
  • އަންދާސީހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  • މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކްލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.

02 ރަބީޢުލްއާޚިރު 1436

22 ޖަނަވަރީ 2015