ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)485/1/2023/26
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2023
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 21 މޭ 2023 11:30
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ފަޔަރވޯލްއާއި އޭގެ ލައިސެންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ނަންބަރު:  485/1/2023/26(IUL)  

ތަޢާރަފް   

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ފަޔަރވޯލްއާއި އޭގެ ލައިސެންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

މަޢުލޫމާތު ސާފުކުރުން:

މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 18 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެވެ.

މިސުވާލުތަކަށް 18 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 14:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ. އީމެއިލްގެ ޒަރީއާއިން ނޫން އެހެން އެއްވެސް ގޮތަކަށް މި މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްނުދެވޭނެވާހަކަ ދަންނަވަމެވެ.

 

ބީލަން ހުށަހެޅުން އަދި ބީލަމުގެ ވެލިޑިޓީ:

މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 21 މޭ 2023 ވާ އާދީއްތަ ދުވަހުގެ 11:30 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

އަދި ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

10 މޭ 2023