މަސައްކަތް
ނަންބަރު: (IUL)431-AHP/1/2023/10
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2023
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 24 މޭ 2023 10:00
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީގައި ހުރި ނެޓްވޯރކް ސުވިޗްތައް ބަދަލުކޮށްދީ ކޭބަލް އަޅާދޭނެ ފަރާތެއް ހޯދުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1- މިއޮތޯރިޓީގައި ހުރި ނެޓްވޯރކް ސުވިޗްތައް  Data LAN POE switch އަށް ބަދަލުކޮށްދީ ކޭބަލް އަޅާދޭނެ ފަރާތެއް ހޯދުމަށް ކުރެވުން ނަންބަރު (IUL)431-AHP/1/2022/31 (16 ނޮވެމްބަރ 2022) އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތު ކަރުދާހަށް ބަދަލު ގެނެވިފައިވާތީ، އެ އިޢުލާން ބާޠިލްކޮށް މިއޮތޯރިޓީގައި މިހާރު ހުރި ނެޓްވޯރކް ސުވިޗްތައް POE Manageable Gigabit Switch  އަށް ބަދަލުކޮށް ފައިބަރ ކޭބަލް އަޅާދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

 

2- ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 2023 މޭ 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން  [email protected] އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރާފަރާތްތަކަށް އެކަންނެވެ. ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި ސައިޓް ވިޒިޓިންގ ކުރުމަށް ބޭނުންވާ ފަރާތްތަކުން 2023 މޭ 21 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިއޮތޯރިޓީ އަށް ވަޑައިގަތުން އެދެމެވެ.

 

3- ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 މޭ 24 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ސެކަންޑް ފްލޯރ މީޓިންރޫމުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

4- މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2023 މޭ 22 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

10 މޭ    2023މ.

10 މޭ 2023