ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)220-AS/1/2023/57
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2023
ޕަބްލިޝްކުރި ގަޑި: 17:15
ސުންގަޑި: 17 މޭ 2023 11:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ- އައި.ޓީއާ ގުޅޭ ތަކެއްޗާއި ހިދުމަތް

މި އޮތޯރިޓީއަށް ތިރީގައި މި ދަންނަވާ ތަކެތި/ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް، 08 މޭ 2023 ގައި ގެޒެޓް ކޮށްފައިވާ ނަންބަރު (IUL)220-AS/1/2023/56 އިޢުލާނުގައި ހިމަނައިފައިވާ މަޢުލޫމާތު ޝީޓަށް ބަދަލު ގެނެސްފައިވާތީ އަލުން އިޢުލާނުކުރަމެވެ.

  • FortiSIEM License and Support renewal
  • BigIP Advanced Web Application Firewall Support renewal

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

17 މޭ 2023

ބުދަ

11:00

 

ނޯޓް: ނަންބަރު (IUL)220-AS/1/2023/56  ޢިއުލާނަކީ ކުރިން މި އޮތޯރިޓީން މި ތަކެތި/ޚިދުމަތް ހޯދުމަށް ކޮށްފައިވާ އިޢުލާނާ (އިޢުލާން ނަންބަރު: (IUL)220-AS/1/2023/25) ގުޅިގެން ލިބިފައިވާ އަންދާސީހިސާބުތައް އަގު ބޮޑުކަމަށް ފެންނާތީ، އެ ތަކެތި/ޚިދުމަތުގެ ސްޕެސިފިކޭޝަން ބަދަލުކުރުމަށްފަހު ކޮށްފައިވާ އިޢުލާނެކެވެ. 

އަންދާސީހިސާބު ތައްޔާރު ކުރައްވަން ވާނީ މި އިޢުލާނާ އެކު އެޓޭޗް ކޮށްފައިވާ މަޢުލޫމާތު ޝީޓަށް ސަމާލުކަން ދެއްވައިގެންނެވެ. މައުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3019611, 3339513 އަށް ގުޅުއްވުން އެދެމެވެ.

09 މޭ 2023