ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: TENDER/HMH/2023/018-R1
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2023
ޕަބްލިޝްކުރި ގަޑި: 16:53
ސުންގަޑި: 18 މޭ 2023 11:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ފަރުނީޗަރު އަދި އެކުއިޕްމެންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ފަރުނީޗަރު އަދި އެކުއިޕްމެންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު: TENDER/HMH/2023/018-R1

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ފަރުނީޗަރު އަދި އެކުއިޕްމެންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި އިޢުލާން ނަންނބަރު އާއި ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ އައިޓަމްތައް ހޮސްޕިޓަލުގެ ރިކުއަމެންޓާއި ދިމާނުވާތީ، މިތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

 

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 16 މޭ 2023 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުންއެދެމެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. އީ-މެއިލް ކޮންފާރމޭޝަން ރެޖިސްޓްރީވާ ފަރާތްތަކަށް ފޮނުވޭނެއެވެ. މިމަސައްކަތަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ.

 

ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަމާއި ރެޖިސްޓްރީ ކޮންފާމޭޝަން ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން:

18 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނުދުނު 11:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

 

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މި ހޮސްޕިޓަލުގެ ވެބްސައިޓް  https://hmh.gov.mv/procurement އިން  9 މޭ 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިޑާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

މިއިޢު ލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 14 މޭ 2023 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350152 / 3350111

އީ-މެއިލް: [email protected]

 

9 މޭ 2023

 

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

09 މޭ 2023