މުބާރާތް
ނަންބަރު: BAM/IUL/2023/016
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2023
ޕަބްލިޝްކުރި ގަޑި: 15:27
ސުންގަޑި: 21 މޭ 2023 12:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ލިނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް 2023 މުބާރާތަށް ޓެކްނިކަލް އޮފިޝަލުން ހޯދުމާއި ބެހޭ

                            

އިޢުލާން

ލިނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް 2023 މުބާރާތަށް ޓެކްނިކަލް އޮފިޝަލުން ހޯދުމާއި ބެހޭ

 

ލިނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް 2023

 

ލިނިންގ މޯލްޑިވްސް އިންޓަރނޭޝަންލް ޗެލެންޖް 2023 މުބާރާތް 05 ޖޫން އިން 10 ޖޫން 2023 އަށް މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން އިންޑޯ ހޯލްގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިމުބާރާތުގައި ޓެކްނިކަލް އޮފިޝަލްކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 21 މެއި 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ މެއިލް: [email protected]  އަށް އެފަރާތްތަކުގެ މަޢުލޫމާތު ޙިއްސާކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން ހަވީރު 15:30 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

09 މޭ 2023