ދެންނެވުން
ނަންބަރު: (IUL)142-C/1/2015/8
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 17:33
ސުންގަޑި: 19 ފެބުރުވަރީ 2015 13:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދީނީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ނަން ނޯޓުކުރުން

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި މިނިސްޓްރީން ރާވާ ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވަޑައިގެންނެވުމަށް ބޭނުންފުޅުވާ ދީނީ ޢިލްމުވެރިން 20 ޖަނަވަރީ 2015 ން ފެށިގެން މި މިނިސްޓްރީގައި ނަން ނޯޓު ކުރައްވަމުން ގެންދެވުން އެދެމެވެ.

މިގޮތުން މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށްޓަކައި މި މިނިސްޓްރީގައި ނަން ނޯޓުކުރައްވާ ދީނީ ޢިލްމުވެރިން މެރިޓް އުސޫލުން، އެބޭފުޅުންގެ ވަގުތު އޮންނަ ވަރަކުން މި ޕްރޮގްރާމްތަކުގައި ބައިވެރިކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

19 ޖަނަވަރީ 2015