ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471/471/2023/148
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 08 ޖޫން 2023 00:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދަށް އަމަލުކުރުމަށް އެންގުން

ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2019/R-156) އަކީ ޢިމާރާތްކުރުމުގެ ޤާނޫނު (ނަންބަރު 2017/4) ގެ ދަށުން ޢިމާރާތްކުރުމުގައި ހިފަހައްޓަންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުމަށްޓަކައި  އެ ޤާނޫނުގެ 95 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ސައިޓުތަކުގައި މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތައް ބެލުމުގައި އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ޤަވާއިދުގައި ބާޔާންކޮށްފައިވާ ގޮތަށް އަމަލު ކުރުމުގައި ބައެއްފަރާތްތަކުން ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި ކޮންޓްރެކްޓަރުން، ކޮންޓްރެކްޓަރުންގެ ފަރާތުން ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ މީހުންނަށް ނުރައްކަލުގެ ހާލަތެއް ކުރިމަތި ވާހިދު ޢަމަލުކުރަންވީގޮތް އަންގައިދީ އެކަމަށް އެމީހުން އަހުލުވެރިކުރުވާފައި ނުވާކަން ފާހަގަކުރެވެއެވެ.

ވީމާ، ގަވައިދު ނަންބަރު: 2019/R-156 ގައި ބަޔާންކޮށްފައިވާ ސަލާމަތީކަންކަން ފުރިހަމަޔަށްކޮށްވޭތޯ ކަޝަވަރުކުރުމަށް  އިމާރާތްކުރުމުގެ އަމަލީމަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

09 މޭ 2023