ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2023/004
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 17 މޭ 2023 14:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުސަތު

 

 ނަންބަރު:IUMH-AD/I/2023/004

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 ބޭނުންވާ ޢަދަދު : 1

މުސާރަޔާއި އިނާޔަތްތައް:

  • އަސާސީ މުސާރަ : 4000.00
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް 110.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކަށް 1200.00 ރުފިޔާ
  • ފޯނު އެލަވަންސް: މަހަކަށް 150.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައި.ޔޫ.އެމް ހޯލްޑިންގސް ޕވޓ.ލޓޑ

މަޤާމުގެ ޝަރުޠުތައް:

1.  މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ، 

2.  ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު،އޭގެ އިތުރުން އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ލަރނިންގ ސެންޓަރުތަކުގައި ކްލާސްތައް ނެގުމަށް ދަތުރުކުރައްވާ ލެކްޗަރާރުންގެ ޓިކެޓް ހަމަޖެއްސުމުގެ ހުރިހާ މަސައްކަތްތައް ކުރުން.
  • ކުންފުނީގެ ސްޓޮކް ބެލެހެއްޓުމާއި ސްޓޮކަށް ބޭނުންވާ ތަކެތި ދުވަހުން ދުވަހަށް ހޯދުމަށް ޕްރޮކިއުމަންޓަށް ރިކުއެސްޓް ކުރުން.
  • ކުންފުނީގެ އިވެންޓްތަކާއި ބައްދަލުވުންތައް ރާވާ އިންތިޒާމްކުރުން.
  • ހެޑް އޮފީހުގެ މާލީ މުއާމަލާތްތަކާއި ރެކޯޑްތައް ބެލެހެއްޓުން.
  • އިންވޮއިސް، ރަސީދު، އަދި ފައިސާ ދެއްކުމުގެ މަސައްކަތްކުރުން.
  • މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓާ)
  2. ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  3. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ 
  5. އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާއި ގުޅޭ މައުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން އީމެއިލް ކުރައްވާނީ [email protected] އަށެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 މެއި 2023 ވަނަ ދުވަހުގެ 14:00 އެވެ.

އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.އަދި އިންޓަރވިޔުއަށް އަންނައިރު ތަޢުލީމީ ސެޓުފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

އެހެނިހެން

  • ވަޒީފާއަށް ފުރަތަމަ ނެގޭނީ 3 (ތިނެއް) މަސް ދުވަހުގެ އިންޓަރިން މުއްދަތަކަށެވެ. ވަޒީފާ ދާއިމީ ކުރެވޭނީ މި މުއްދަތުގައި މަސައްކަތުގެ ފެންވަރަށް ބަލާފައެވެ.

 

09 މޭ 2023