ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2015/14
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:47
ސުންގަޑި: 25 ޖަނަވަރީ 2015 14:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓެންޓް އޯޑިޓް އެކައުންޓެންޓް (ޖީ.އެސް 3)

މަޤާމު:

އެސިސްޓެންޓް އޯޑިޓް އެކައުންޓަންޓް  (ޖީ.އެސް 3)

ބޭނުންވާ އަދަދު:

1

މުސާރަ:

-/4,465 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

ކްލެސިފިކޭޝަން:

އެސިސްޓްންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ. މާލެ

ސެކްޝަން:

ކޭޝް މެނޭޖްމަންޓް އެންޑް ފަންޑް ރިލީސް ސެކްޝަން  

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދައުލަތުގެ އާމްދަނީއާއި އެހެނިހެން މުޢާމަލާތްތައް ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ރެކޯޑުކުރުމާއި ރިކޮންސައިލްކުރުން.
  • އަތޮޅުތަކުގެ އޮފީސްތަކުން ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރާ އާމްދަނީ ފައިސާގެ ފޯމުތައް ޗެކްކޮށް ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ރިކޯޑު ކުރުން
  • ދައުލަތުގެ ފައިސާގެ މުޢާމަލާތްތަކާ ގުޅިގެން ޕަބްލިކް އެކައުންޓިންގ ސެކްޝަނުން ތައްޔާރު ކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުން
  • ޕަބްލިކް ބޭންކް އެކައުންޓުގެ ސްޓޭޓްމަންޓް ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އަޕްލޯޑް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކުގެ މުވައްޒަފުން ލެޖަރތައް ގަވާއިދުން މަހުންމަހަށް ރިކޮންސައިލް ކުރަމުންދޭތޯ ބަލައި ކަށަވަރުކުރުން
  • ސެކްޝަނުގެ މަސައްކަތްތައް ހިންގުމުގައި ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްއަށް އެހީތެރިވުން

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން

- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު   

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމްތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

25 ޖަނަވަރީ 2015 (އާދީއްތަ) ވަނަ ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/ 3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އަދި ޕްރެކްޓިކަލްއާއި އިމްތިޙާނުކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

27 ރަބީޢުލްއައްޥަލް 1436

18 ޖަނަވަރީ 2015