ދިވެހިރާއްޖެ
އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: ސީނިއަރ އިންޓާރނަލް އޮޑިޓް އޮފިސަރ
ބޭނުންވާ އަދަދު: 02
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / އިންޓާރނަލް އޮޑިޓް ސެކްޝަން.
ޝަރުޠު :
- އެކައުންޓިންގ އިން ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ ސީމާ، އޭސީސީއޭ ޕާޓް ޕްރޮފެޝަނަލް ފެންވަރު ހުރުން.
- ރަނގަޅު އިތުބާރު ހުރި އޮޑިޓްފާމެއްގައި ދެ އަހަރު އުޅެފައިވުން ނުވަތަ މިފަދަ ދާއިރާއެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އިނގިރޭސިބަހުންނާއި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން.
- މުސާރައާއި ޢިނާޔަތަށް -/12500ރ އާއި -/13000ރ އާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އިންޓަރނަލް އޮޑިޓުގެ މަސައްކަތް ޕްލޭންކޮށް، ޑައިރެކްޓްކޮށް އަދި ކޯޑިނޭޓް ކުރުމުގައި ހެޑަށް އެހީތެރިވުން.
- ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އިންޓަރނަލް އޮޑިޓްގެ މަސައްކަތްތައް ކުރުން.
- ސީނިއަރ މެނޭޖްމަންޓާއެކު، ކުންފުނީގެ މައިގަނޑު ރިސްކްތަކަކީ ކޮބައިތޯ ބަލައި، ފާހަގަކޮށް، އަންދާޒާކޮށް، އިންޑަސްޓްރިއަލް ބެސްޓް ޕްރެކްޓިސްއަށް ބިނާކޮށް ރިސްކް މެނޭޖްމަންޓް ޕްރޮސީޖަރތައް އެކުލަވާލުމުގައި ހެޑަށް އެހީތެރިވުން.
- ކުންފުނީގެ އެތެރޭގެ އެކައުންޓިންގއާއި ކޮންޓްރޯލްތައް ހަރުދަނާ ކުރުމަށް ކުރެވޭ ކަންކަމުގައި ހެޑަށް އެހީތެރިވުން.
- އޮޑިޓް މީޓިންގތަކުގައި ބައިވެރިވެ، ރިޕޯޓު ތައްޔާރު ކުރުމުގައި ހެޑަށް އެހީތެރިވުން.
- އަހަރީ އޯޑިޓް ރިޕޯޓު ތައްޔާރު ކުރުމުގައި ހެޑަށް އެހީތެރިވުން.
މަޤާމު: އެސިސްޓެންޓް ޕްރޮކިޔުމެންޓް އޮފިސަރ
ބޭނުންވާ އަދަދު: 02
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޕްރޮކިއުމަންޓް އެންޑް ސްޓޯރސް.
ޝަރުޠު :
- ޖީ.ސީ.އޯ އޯލެވެލް ފެންވަރު ހުރުން.
- އެސް.އެސް.ސީ ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުން.
- 22- 40 އަހަރާއި ދެމެދުގެ ފަރާތަކަށްވުން.
- މުސާރަ އާއި ޢިނާޔަތަށް -/10000ރ އާއި -/10500ރ އާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އަންދާސީހިސާބާބެހޭ އެންމެހާ ލޔެކިޔުންތައް ތައްޔާރުކޮށް ސަރުކާރުގެ ގެޒެޓަށް ފޮނުވުން. އަދި ދުވަހު ނޫސްތަކުގައި ޖަހަންޖެހޭ އެއްޗެއްނަމަ އެފަރާތަށް ވެސް ފޮނުވުން.
- އަންދާސީހިސާބާބެހޭ ޖަލްސާތައް ރާވައި ހިންގުން.
- އަންދާސީހިސާބާ ބެހޭގޮތުން ނިންމަންޖެހޭ އެންމެހާ ނިންމުންތައް ނިންމާ ހޮވޭ ފަރާތަށް އެކަން އެންގުން.
- މުދާ ގަންނަން ޖެހިއްޖެ ހާލަތެއްގައި އެކަންކަން ކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
ކުރިމަތިލުމުގެ ސުންގަޑި: 22 ޖަނަވަރީ 2015 ވަނަ ދުވަހުގެ 16:00 ގެ ކުރިން.
ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ: ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގ
ހުޅުލެ ، ދިވެހިރާއްޖެ.
އިތުރު މަޢުލޫމާތު : ފޯނު –3325511
އެދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަރވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
27 ރަބީޢުލްއައްވަލް 1436