ކުއްޔަށް ދިނުން
ނަންބަރު: 369/IUL/2015/04
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 22 ޖަނަވަރީ 2015 14:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީ މަސްމާރުކޭޓްގެ ފިހާރަ ކުރިއަށްއޮތް 05 އަހަރަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާގުޅޭ

މ.މަޑުއްވަރީ މަސްމާރުކޭޓުގެ ފިހާރަ ކުރިއަށް އޮތް 5 އަހަރަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL/2014/54/ފ369 އިޢުލާނާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރުމަށް އަންގާފައިވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މ.މަޑުއްވަރީ މަސްމާރުކޭޓުގެ ފިހާރަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 28 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން މިއިދާރާއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ދުރުވާއިރުގައާއި އަންދާސީހިސާބު ހުށަހަޅަން ދުރުވާ ފަރާތާއި، ހުށަހަޅުއްވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، ނުވަތަ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

މާކްސް ދިނުމުގައި އަންދާސީހިސާބުތައް އިވެލުއޭޓް ކުރާ ކޮމިޓީން ބަލާނެ މިންގަނޑު

  1. ހުށަހެޅިފައިވާ އަގު
  2. މާލީ ޤާބިލުކަން
  3. ފަންނީގޮތުން ޤާބިލުކަން ހުރި މިންވަރު
  4. ތަޖުރިބާ

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015