ބީލަން
ނަންބަރު: FSM-ADV/2023/028
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2023
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 18 މޭ 2023 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ތިރީގައިމިވާ ރަށްރަށުން އެ ރަށެއްގެ (ބޭނުންވެއްޖެ ހިނދެއްގައި ކައިރި ރަށްރަށުގެ) އެމްއެންޑީއެފް، އެމްޕީއެލް އަދި މިނޫންވެސް ސަރުކާރު އިދާރާތަކާއި/ކުންފުނިތަކުގެ އުޅަނދުތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ޑީސަލާއި ޕެޓްރޯލް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ހ.ދ

ހަނިމާދޫ

ތ

ވިލުފުށި

ނ

މަނަދޫ

ގ.ދ

ތިނަދޫ

ބ

އޭދަފުށި

ހ.ދ

ކުޅުދުއްފުށި

ރ

އުނގޫފާރު

 

އ.ދ

މަހިބަދޫ

 

ފ

ނިލަންދޫ

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ރެޖިސްޓްރޭޝަން:  މިބިޑުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 13 މެއި 2023 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް [email protected] އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

މެއިލްގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.

  • ކުންފުނި / ވިޔަފާރި ހުއްދަ / އަމިއްލަ ފަރުދުގެ ނަން
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ކުންފުނި ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް / އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު
  • އިޢުލާނު ނަންބަރު

 ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.

  • ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ، 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.

މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.  

09 މޭ 2023