ތަމްރީނު
ނަންބަރު: ަMNU-CA/RG/2015/11
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 29 ޖަނަވަރީ 2015 15:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޯސްތަކެއް ފެށުމަށް

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމަކަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި މުދައްރިސުންގެ ގޮތުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންގެ ތެރެއިން ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓް ހާސިލު ކޮށްފައިވާ ބޭފުޅުންނަށް އަމާޒު ކޮށްގެން ތިރީގައިވާ ކޯސްތައް ފެށުމަށް ޔުނިވަރސިޓީން ވަނީ ގަސްދުކޮށްފައެވެ. މިކޯސްތައް، ކަނޑައެޅިފައިވާ އަގުގައި ހިންގޭނީ 2015 އަހަރުގެ ފުރަތަމަ ޓާމުގައި އެކަންޏެވެ.

މި ކޯސްތަކަށް ދަރިވަރުން ހޮވުމުގައި އިސްކަންދެވޭނީ ފޯމު ހުށަހަޅާ ތަރުތީބަށެވެ. ކޯސްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 29 ޖަނަވަރީ 2015 އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މި ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ.

1-   ކޯހުގެ ނަން: ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ

މުއްދަތު: 1 އަހަރު (2 ސެމެސްޓަރ)     

ކޯސްފީ: -/4770

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ – ބްލޮކް މޯޑް (200 ޖާގަ)، ހދ.ކުޅުދުއްފުށި - ބްލޮކް މޯޑް (80 ޖާގަ)، ލ.ގަން - ބްލޮކް މޯޑް (80 ޖާގަ)، ގދ.ތިނަދޫ - ބްލޮކް މޯޑް (80 ޖާގަ)، ސ.ހިތަދޫ - ބްލޮކް މޯޑް (80 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލްގެ 4 ގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރުދުވަހު ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ށ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

2- ކޯހުގެ ނަން: ޑިޕްލޮމާ އިން ޓީޗިންގ ފްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން)

މުއްދަތު: 1 އަހަރު (2 ސެމެސްޓަރ)

ކޯސްފީ: -/4770

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ - ބްލޮކް މޯޑް (200 ޖާގަ)، ހދ.ކުޅުދުއްފުށި - ބްލޮކް މޯޑް (80 ޖާގަ)، ލ.ގަން - ބްލޮކް މޯޑް (80 ޖާގަ)، ގދ.ތިނަދޫ - ބްލޮކް މޯޑް (80 ޖާގަ)، ސ.ހިތަދޫ - ބްލޮކް މޯޑް (80 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލްގެ 4 ގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ށ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015