މުބާރާތް
ނަންބަރު: (IUL)160-AS/1/2023/20
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2023
ޕަބްލިޝްކުރި ގަޑި: 16:12
ސުންގަޑި: 11 މޭ 2023 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
63 ވަނަ "އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2023" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

63 ވަނަ "އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2023" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

 

       މެލޭޝިއާ ސަރުކާރުން އިންތިޒާމްކުރައްވައިގެން 2023 އޮގަސްޓް މަހުގެ 6 އިން 12 އަށް ކުއާލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 63 ވަނަ "އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2023" ޤުރްއާން މުބާރާތުގައި ދިވެހިރާއްޖެއިން، އަންހެން އަދި ފިރިހެން ބައިވެރިޔަކު، ބައިވެރި ކުރުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. މި މުބާރާތަށް ހޮވާނީ ބަލައިގެން ކިޔެވުމުގެބަޔާއި ނުބަލާ ކިޔެވުމުގެ ބައިން، ކޮންމެ ބަޔަކުން 1 ބައިވެރިއެކެވެ. އަދި މި މުބާރާތަށް ބައިވެރިން ހޮވުމުގައި ޤައުމީ މުބާރާތަކުން 1 ވަނަ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މުބާރާތުގައިބައިވެރިވުމުގެ ޝަރުޠު

1-      މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައި ވާނަމަ ބައިވެރިވި ފަހުން 3 އަހަރު ހަމަވެފައިވުން

2-      މި މުބާރާތުގައި މީގެކުރިން ބައިވެރިވެ މުބާރާތުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.

3-      30 ފޮތް ހިތުދަސް ފަރާތެއް ކަމުގައިވުން. (ނުބަލާ ކިޔެވުމުގެ ބައި)

4-      6 އޮގަސްޓް 2023 އަށް 13 އަހަރު ފުރިފައިވުން.

5-      މުޅި ޤުރްއާން ތަޖުވީދުމަގުން ފަރިތަކަމާއެކު ދިގުރާގަށް ކިޔަވަން އެނގުން.

6-      ދިވެހިރައްޔިތެއް ކަމުގައިވުން.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޝަރުޠު ހަމަވުމަށް ބޭނުންވާ ލިޔުންތައް 11 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. އީ މެއިލް ކުރައްވަނީނަމަ [email protected] އެޑްރެހަށެވެ. މި މުބާރާތުގައި ބައިވެރިކުރާނެ 2 ބައިވެރިން ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.

08 މޭ 2023